ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރަމުންދާއިރު، ހިތުގެޕައްޔަށް ހުށަހެޅިގެންދާ ހިރާސްތައް ދެނެގަތުން ވަރަށް މުހިންމު ކަމަށް ހެޕްތް ޕްރޮޓެކްޝަން އެޖެމްންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.

ހިތުގެ ބަލިތަކަށް ހުށަހެޅޭ ސަބަބުތަކުގެތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުމާއި، ސިއްޙަތަށް ގެއްލުންވާ ކާނާ ކެއުމާއި، ލޭމައްޗަށް ދިއުމާއި ކޮލޮސްޓްރޯލް މަތިވުމާއި، ހަށިގަނޑު ހުންނަންވާވަރަށް ވުރެ މާބޮޑަށް ބަރުވުމާއި، ކޮލޮސްޓްރޯލް މައްޗަށް ދިއުމުގެ އިތުރަށް ހަށިގަނޑަށް ކަސްރަތު ނުލިބުންވެސް ހިމެނޭކަމަށް އެޗްޕީއޭއިން ހާމަކުރިއެވެ.

ފަހަކަން އައިސް ދިވެހިރާއްޖޭގައި ހިތްހުއްޓިގެން މަރުވާ މީހުންގެ އަދަދު އިތުރުވެއްޖެއެވެ. ޚާއްޞަކޮށް ޒުވާނުން ކުއްލިގޮތަކަށް މަތރުވުން އިތުރުވެއްޖެއެވެ.

މިގޮތަށް ބޮޑު ބައްޔެއްގައި ނޫޅެ ކުއްލިއަކަށް މަރުވާ ޒުވާނުން މަރުވި ސަބަބެއްކަމަށް ގިނަފަހަރު ލަފާކުރަނީ ހިްތ ހުއްޓުމެވެ.

އެހެންކްމުން ހިތުގެ ދުޅަހެޔޮކަމަށް ޓަކައި ދުންފަތުގެ އިސްތިއުމާލުކުރަން ހުއްޓަންޖެހެއެވެ. ތިމާއާއި ތިމާގެ ޢާއިލާގެ ސަލާމަތަށްޓަކައެވެ. ހަމަ އެހެންމެ އެހެންމެ ސިއްޙަތަށް ފައިދާހުރި ރަނގަޅުކާނާ ކެއުމަށްވެސް ސަމާލުކަން ދޭންޖެހެއެވެ. މިއާއެކު ދުޅަހެ ސިއްޙަތެއްގައި ހުރުމަށްޓަކައި ހަށިގަނޑަށް ކަސްރަތުވެސް ބޭނުންވެއެވެ.

ހިތުގެ ދުވަހު އެކަންޏެއްނޫނެވެ. ހުރިހާ ދުވަހަކުވެސް ދުޅަ ހެޔޮ ސިއްޙަތެއްގައި ދެމިހުރުމަށް މަސައްކަތްކުރަންޖެހެއެވެ. ސިއްޙަތަށް ގެއްލުން ލިބޭ ހުރިހާކަމަކުން ދުރުހެލިވާން ޖެހެއެވެ.