އެމެރިކާގެ ފްލޮރިޑާއަށް އިއްޔެ އެރި ތޫފާން "އިއާން" ގެ ސަބަބުން އެސިޓީއަށް ކާރިސާގެ ހާލަތު ރައީސް ޖޯ ބައިޑަން އިއުލާން ކުރައްވައިފިއެވެ.

ކެޓަގަރީ 5 ގައި ރޭންކު ކޮށްފައިވާ ތޫފާން "އިއާން" ފްލޮރިޑާއަށް އަރައި ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. ގަޑިޔަކު 245 މޭލު ބާރު މިނުގައި ވައި ޖެހެމުންދާއިރު ބޯކޮށް ވާރެހި ފްލޮރިޑާގައި ވަނީ ފެންބޮޑުވެފައެވެ.

ރައީސް ބައިޑެން ކާރިސާގެ ހާލަތު އިއުލާން ކުރެއްވުމުން، ފްލޮރިޑާއަށް ލިބިގެންދާނެ އެންމެ ބޮޑު އެހީއަކީ ފެޑަރަލް ސަރުކާރުގެ ފަރާތުން ސީދާ ގޮތެއްގައި ރައްޔިތުންނަށް އެހީ ލިބިގެން ދިޔުމެވެ. މީގެ ތެރޭގައި ވަގުތީ ބޯހިޔާވަހިކަން ލިބުމާއި މުދަލަށް ލިބޭ ގެއްލުމުން އަރައި ގަތުމަށް މާލީ ނިޒާމުގެ ތެރެއިން ލުއި ފަސޭހަ މަގުތައް، ތޫފާން "އިއާން" ގެ ސަބަބުން ގެއްލުން ލިބޭ ފަރާތްތަކަށް މަގުފަހި ވެގެންދާނެއެވެ.

މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި ތޫފާނުގެ ސަބަބުން މިހާތަނަށް 6 މީހަކު ވަނީ މަރުވެފައެވެ. އަދި ނާސިންގ ހޯމްތަކުގައި ތިބި 3400 މީޙުން ރައްކާތެރި ހިސާބުތަކަށް ގެންގޮސް ރައްކާތެރިކަން ވަނީ ފޯރު ކޮށްދީފައެވެ.