ސައޫދީ ޔުނިވަރސިޓީތަކުގައި ޔޯގާ ތައާރަފް ކޮށްފިއެވެ. މުނާސަބާއާ ގުޅޭ ގޮތުން ޔޯގާއާ ބެހޭ ވާޗުއަލް އިންޓްރޮޑަކްޓަރީ ލެކްޗަރެއް ސައުދީ ޔުނިވާސިޓީތަކުގެ މަންދޫބުންނަށް އިންތިޒާމްކޮށްފައި ވެއެވެ. މި ލެކްޗަރުގެ މަގުސަދަކީ ސަގާފީ ޔޯގާ އާއި ޔޯގާސާނާ ކުޅިވަރުތައް ސައުދީ ޔުނިވާސިޓީތަކަށް ތައާރަފްކޮށް ޔުނިވާސިޓީ ކެމްޕަސްތަކުގައި ތިބި ދަރިވަރުންނަށް ޔޯގާގެ ހަރަކާތްތައް ކިޔައި ދިނުނުން ކަމަށް ސައުދީ ގެޒެޓްގައި ބުނެފައި ވެއެވެ.

މި ލެކްޗަރުގައި ނަފްސާނީ އަދި ޖިސްމާނީ ސިއްހަތާ ބެހޭ މައުލޫމާތު ހިމަނާފައި ވެއެވެ.

"ޔޯގާ ފޯ ޔުނިވާސިޓީ ސްޓޫޑެންޓްސް އޮފް ބޯތް ޖެންޑަރސް" ގެ ނަމުގައި ބޭއްވި، މި ލެކްޗަރ އިންތިޒާމުކޮށްފައި ވަނީ ސައުދީ ޔުނިވާސިޓީސް ސްޕޯޓްސް ފެޑެރޭޝަން (އެސްޔޫއެސްއެފް) އާއި ގުޅިގެން ސައުދީ ޔޯގާ ކޮމެޓީންނެވެ.