ކާބުލް:- އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި އަންހެން ދަރިވަރުންތަކެއް ތިބި އިމްތިހާން ހޯލަކަށް ޖާނުން ފިދާވެގެން ހަމަލާ ދިނުމު ގެސަބަބުން 19 ކުދިން މަރުވެފައިވާ ކަމަށް ބީސީސީއިން ރިޕޯޓް ކޮށްފިއެވެ.

ބީބީސީއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ހަމަލާ ދީފައި ވަނީ "ކާޖް އެޑިއުކޭޝަން ސެންޓަރ" ގެ ނަމުގައި ހިންގަމުން އަންނަ ޕްރައިވެޓް ކޮލެޖަކަށެވެ. މިކޮލެޖަކީ ދެޖިންސުގެ ދަރިވަރުންވެސް ތައުލީމް ހާސިލް ކުރަމުން އަންނަ ކޮލެކެވެ. ހަމަލާ ދިންއިރު ކޮލެޖުގެ އިމްތިހާން ހޯލުގައި 600 އެއްހައި ދަރިވަރުން ތިބިކަމަށާއި މީގެ ތެރޭގައި ގިނައީ އަންހެން ދަރިވަރުންކަމަށްވެސް ބީބީސީގެ ރިޕޯޓްގައި ބުނެފައިވެއެވެ. ދަރިވަރުން ތިބީ ޔުނިވަރސިޓީ އެގްޒާމްގެ ކުރިން ޔުނިވަރސިޓީ އެގްޒާމަށް ތައްޔާރުވުގެ ގޮތުން ހަދާ އެހެން އެގްޒާމެއް ހެދުމަށެވެ.

މަންޒަރުދުށް ބައެއް މީހުންނާއި ހަވާލާދީ ބީބީސީގައި ބުނެފައި ވަނީ މަރުވެފައިވާ ބައެއް ކުދިންގެ ހަށިގަނޑު ވަކިކުރަން ނޭނގޭ ވަރަށް ކުދިކުދި ވެފައިވާކަމަށެވެ.

އަފްގާނިސްތާނުގެ ވެރިކަމަށް ތާލިބާން މިއަހަރު ކުރީކޮޅު އައިސް ސަރުކާރުން ހިންގަމުންދިޔަ އަންހެން ސްކޫލްތައް ބަންދުކުރިއެވެ. އެކަމަކު ޕްރައިވެޓް ސްކޫލް ކޮލެޖްތައް ބަންދުކޮށްފައެއް ނުވެއެވެ. އަންހެން ދަރިވަރުންނާ ދެކޮޅަށް ހަމަލާތައް ދެމުން އަންނަނީ އަފްގާނިސްތާނުގެ އެކި ސަރަހައްދުތަކުގައި ތިބި އައިއެސްގެ ހަނގުރާމަވެރިންކަމަށް ތާލިބާނުން ތުހުމަތު ކުއެވެ. ތާލިބާނުން މަސައްކަތް ކުރަމުން ދަނީ އަފްގާނިސްތާނުން އައިއެސް ފުހެލުމަށެވެ.

އެމެރިކާގެ އަސްކަރިއްޔާއިން މިއަހަރު ކުރީކޮޅު އަފްގާނިސްތާނުން ފޭބުމުގެ ކުރިންވެސް އައިއެސްއިން ވަނީ އަންހެން ދަރިވަރުން ތިބި ސްކޫލަކަށް ހަމަލާދީ 85 ކުދިން މަރާލާފައެވެ.

މަސްދަރު: ބީބީސީ