ޕާކިސްތާންގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ގަމަރު ޖާވިދު ބަޖްވާ ވަނީ ޕާކިސްތާން ތަހުރީކޭ އިންސާފް ޕާޓީގެ ޗެއާމަން އިމްރާން ޚާން ވެރިކަމުގައި ހުންނެވިއިރު ބޮޑު ވަޒީރުގެ ގެކޮޅަކީ ސިއްރު މަޝްވަރާއަށް އެކަށީގެންވާ ތަނެއް ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އެވާހަކަ މީޑިއާއާ ޙިއްސާކުރެއްވީ ޕީޓީއައިގެ ލީޑަރު ފަވާދު ޗައުދުރީ އެވެ.

ޕްރައިވެޓް ނިއުސް ޗެނަލަކާ ވާހަކަ ދައްކަވަމުން ޗައުދަރީ ވިދާޅުވީ ޖެނެރަލް ބަޖްވާ ވިދާޅުވި ގޮތުގައި "ޕީއެމް ހައުސްގައި ވާހަކަ ދެއްކުމަކީ ރައްކާތެރި ކަމެއް ނޫން" ކަމަށް ވާތީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޕީއެމް ހައުސް ޑިބަގް ކުރުމަށް އޭރުގެ ބޮޑު ވަޒީރަށް ސިފައިންގެ ވެރިޔާ ތަކުރާރުކޮށް ލަފާ ދެއްވާފައިވާ ކަމަށެވެ.