އައްޑޫސިޓީ ހިތަދޫން މީހަކު ގެއްލިގެން ހޯދަން ފަށައިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ގެއްލިގެން ހޯދަމުންދަނީ ޢުމުރުން 28 އަހަރުގެ އުބައިދުﷲ ހަސަން ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

އޭނާ ގެއްލިގެން ފުލުހަށް ރިޕޯޓުކޮށްފައިވަނީ ހުސްވި ސެޕްޓެމްބަރ 29 ވަނަ ދުވަހުގެ 08:00 އެހައިކަންހާއިރު ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެންމެ ފަހުން ފެނުނުއިރު އޭނާ ލައިގެން ހުރީ ސޯޓަކާއި ޓީޝާޓެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވާފައި ވެއެވެ.

އެންމެ ފަހުން އޭނާ ފެނިފައިވަނީ ހުސްވި ސެޕްޓެމްބަރ 27 ވަނަ ދުވަހުގެ 08:00 އެހައިކަންހާއިރު ހިތަދޫ ގުރައިޝާމަންޒިލް ގެ ކައިރިން ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އުބައިދުﷲ ހަސަނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިފައިވާ މީހެއް ވާނަމަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9791612 އަށް ގުޅުއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.