ޕާކިސްތާނުގެ އެންމެ ބޮޑު ވިޔަފާރި މަރުކަޒު ކަރާޗީގައި މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ބަޑިޖަހައި މަރާލި ޗައިނާގެ ޑެންޓިސްޓެއްގެ މަރުގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކަރާޗީގެ ކްލިނިކެއްގައި ދަތުގެ ބަލިމީހަކަށް ހެދިގެން ހުރި ބަލި މީހަކު ވަނީ ޗައިނާއާއި ޕާކިސްތާނުގެ ރަށްވެހިކަން ގެންގުޅޭ ޑެންޓިސްޓްގެ ގަޔަށް ބަޑިހަޖައި މަރާލާފައެވެ. އަދި މި ހާދިސާގައި އިތުރު ދެ މީހަކު ޒަހަމްކޮށްފައިވެއެވެ. މި ހަމަލާ ދިން މީހާ ވަނީ އެ ހާދިސާ ހިނގި ސަރަހައްދުން ފިލާފައެވެ.

މަރުވެ ޒަހަމްވި މީހުންނަކީ ރޮނާލްޑް ޗޯ އާއި ރިޗާޑް ހޫ، 74، އަދި އޭނާގެ އަންހެނުން މާގަރެޓް، 72 އެވެ.

ފުލުހުން ބުނާ ގޮތުގައި މި މީހުންނަކީ ޕާކިސްތާނުގައި ދިރިއުޅެމުން އަންނަތާ އެތައް އަހަރެއް ވެފައިވާ ބައެއް ކަމަށެވެ. ޗައިނާއިން ޑައުއަލް ސިޓިޒަންޝިޕް ހުއްދައެއް ނުކުރެއެވެ. އެހެންވެ، އަނިޔާވި މީހުންނާއި މަރުވި މީހުންގެ ޗައިނާގެ ސިޓިޒެންޝިޕް އޮތްތޯ ނުވަތަ ނޫންތޯ ކަށަވަރެއްނުވެއެވެ.

މިހަމަލާއަށް ޒިންމާ ނަގާފައި ވަނީ އާ ސިންދީ އެތްނޯ ނޭޝަނަލިސްޓް ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ސިންދުދޭޝް ޕީޕަލްސް އާމީ އިން ނެވެ. އެއީ ޕާކިސްތާނުގެ ދެކުނު ސިންދު ޕްރޮވިންސަށް ނިސްބަތްވާ ޖަމާއަތެކެވެ.

އެ ގްރޫޕާ ބެހޭ ގޮތުން މާބޮޑު އެއްޗެއް އެނގިފައެއް ނެތެވެ.