މުސްލިމް ވޯލްޑް ލީގުން ވަނީ މަހާތުމާ ގާންދީގެ 153 ވަނަ އުފަންދުވަހުގެ މުނާސަބާ ފާހަގަ ކޮށްފައެވެ. މަހާތުމާ ގާންދީގެ ސުލްޙަ ވެރި އިހުތިޖާޖަށް ތައުރީފުކޮށް މުސްލިމް ވޯލްޑް ލީގުން ފުރަތަމަ ފަހަރަށް ނެރުނު އެފަދަ ބަޔާނުގައި ބުނެފައި ވަނީ ގާނދީގެ އުފަން ދުވަހަކީ އަނިޔާވެރިކަމާ ދެކޮޅަށް ސުލްހަވެރި ހަރަކާތް ހިންގުމުގެ މެސެޖު ބައިނަލްއަގްވާމީ ފެންވަރުގައި ފެތުރުމަށް މަސައްކަތް ކުރަން ޖެހޭފަދަ މުނާސަބާއެއް ކަމަށެވެ.

މުސްލިމް ވޯލްޑް ލީގަކީ އިސްލާމީ ގައުމުތައް ބައިވެރިވާ އިސްލާމީ ޖަމިއްޔާއެކެވެ. އެ ޖަމުއިއްޔާގެ މައި އޮފީސް ހުންނަނީ މައްކާގައެވެ.

މިއީ އިންޑިއާގެ މިނިވަންކަމުގެ ހަރަކާތުގެ ބާނީއަށް މުސްލިމު ވަރލްޑް ލީގުން ތައުރީފް ކޮށް ފާހަގަ ކުރި ފުރަތަމަ ފަހަރެވެ.