އިންޑިއާގައި އިންފްރާސްޓްރަކްޗާގެ ހުރިހާ މަޝްރޫއުތަކެއްގެ ދެބައިކުޅަ އެއްބައި ލަސްވެ، ކޮންމެ ހަތަރު މަޝްރޫއުއަކުން އެއް މަޝްރޫއު ހިންގަނީ އެ މަޝްރޫއުތަކުން ލަފާކުރާ ބަޖެޓަށް ވުރެ މަތީގަ އެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގަބޫލުކުރައްވާ ގޮތުގައި ޓެކްނޮލޮޖީއަކީ މި މި އުދަނގޫތަކަށް އޮތް ހައްލެކެވެ.
އިންޑިއާ ސަރުކާރުން ވަނީ 16 މިނިސްޓްރީއެއްގެ މަސައްކަތްތައް ސިންގަލް ވިންޑޯއަކުން ހުއްދަ ދިނުމަށް ނިންމައި ޓެކްނޮލޮޖީ ބޭނުންކޮށް ޚިދުމަތް ދޭ ގޮތަށް ބަދަލު ގެނަސް ހުއްދަ ދިނުން އަވަސް ކުރުމަށް ނިންމާފައެވެ. އިންޑިއާއިން އަމާޒު ހިފާފައި ވަނީ 1.2 ޓްރިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް އިންޑިއާއަށް ގެނައުމަށެވެ.
ތަފްސީލީ އަދަދަށް ބަލާއިރު އެއީ ޗައިނާއިން ބޭރުވާން ބޭނުންވާ ކުންފުނިތަކުގެ ވިޔަފާރީގެ އަދަދެވެ.
މި ޕޯޓަލްގެ ސަބަބުން އިންވެސްޓަރުންނާއި ކުންފުނިތަކަށް ޕްރޮޖެކްޓްތައް ޑިޒައިން ކުރުމާއި އަވަސް ކޮށް ހުއްދަ ލިބި ހަރަދުތައް ފަސޭހައިން އަންދާޒާ ކުރުމަށް އެއްތަނަލުން ހައްލު ލިބިގެންދާނެ އެވެ.