ޕާކިސްތާން ތަހުރީކޭ އިންސާފްގެ ޗެއާމަން އަދި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވަނީ ޕާކިސްތާންގެ ޖާސޫސީ އިދާރާތަކުގެ މަސައްކަތަކީ ގައުމު ރައްކާތެރިކުރުން ކަމަށާއި "ޕޮލިޓިކަލް އިންޖިނިއަރިން" އަކީ އެމީހުންނާ ޙަވާލު ކުރެވިފައިވާ ވަޒީފާއެއް ނޫން ކަމަށެވެ.

92 ނިއުސްއާ ވާހަކަ ދައްކަވަމުން އިމްރާން ޚާން ވިދާޅުވީ ޕާކިސްތާންގެ ޖާސޫސީ އިދާރާތަކުން މީސްމީޑިއާގައި މީހުން އިންޒާރު ދެމުންވެސް ދާކަމަށެވެ. އަދި ޖާސޫސީ އިދާރާގެ މަސްއޫލުވެރިން އަމިއްލައަށް މި ކުރވޭ ކަންކަމާ މެދު ވިސްނަންވެއްޖެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ޖާސޫސީ އިދާރާތަކުގެ މަސައްކަތް ވާން ޖެހޭނީ ގައުމު އަމާން ތަނަކަށް ހެދުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕާކިސްތާންގެ ބޮޑު ވަޒީރު ޝަހުބާޒް ޝަރީފް ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކަށް އިމްރާން ޚާން ހަމަލާތައް އަމާޒު ކުރައްވަނީ އޭނާއާ ދެކޮޅަށް ކޯޓުގައި ހިނގަމުންދާ މައްސަލަތަކުން ރެކެންވެގެން ކަމަށެވެ.