1997 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހު ޖަރުމަނުވިލާތުގައި މިސްކިތްތަކުގައި އޯޕަންޑޭ ބާއްވަމުން ގެންދެއެވެ.

މިއަހަރު މުޅި ޖަރުމަނުގެ ހުރިހައި ސަރަހައްދެއްގައި ގާތްގަނޑަކަށް 1000 މިސްކިތެއް މުސްލިމުންނާއި ޣައިރު މުސްލިމުންނަށް ހުޅުވައިފައި ވެއެވެ. މި އަހަރުގެ މޯސްކު އޯޕަން ޑޭގެ މޮޓޯއަކީ "މަދު ވަސީލަތްތައް — ބޮޑު ޒިންމާއެއް" އެވެ.

މިސްކިތްތަކުގެ އޯޕަންޑޭ އިންތިޒާމު ކުރަނީ ޖަރުމަނުގެ ސެންޓްރަލް ކައުންސިލް އޮފް މުސްލިމްސް އިންނެވެ.

ލަފާ ކުރެވޭ ގޮތުގައި މުޅި ޖަރުމަންވިލާތުގައި 2،350 އާއި 2،750 އާއި ދެމެދުގެ އަދަދަކަށް މިސްކިތްތައް އެބަހުއްޓެވެ.

ޖަރުމަނު އިސްލާމް ކޮންފަރެންސްގެ ދިރާސާއަކުން ދައްކާ ގޮތުގައި ޖަރުމަނުގައި ދިރިއުޅޭ 5.5 މިލިއަން މުސްލިމުންގެ ތެރެއިން %24 މީހުން 2019 ވަނަ އަހަރު ކޮންމެ ހުކުރަކު މިސްކިތަށް ގޮސްފައި ވެއެވެ.