މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި މުދައްރިސުންނަށް ދޭ، ހަދިޔާއެއްގެ ގޮތުގައި އެސްޓީއޯއިންވަނީ މުދައްރިސުންނަށް ޚާއްސަ ޑިސްކައުންޓެއް ތަޢާރަފްކޮށްފައިކަމަށް އެސްޓީއޯއިން މައުލޫމާތު ދީފިއެވެ.

އެސްޓީއޯއިން މުދައްރިސުންނަށް ދިން ހަދިޔާއަކީ އެސްޓީއޯއިން ވިއްކާ ބައެއް ބާވަތްތަކުގެ މުދަލުން މުދައްރިސުންނަށް ޑިސްކައުންޓް ލިބޭނެގޮތް ހަމަޖެއްސުމެވެ. މި ޑިސްކައުންޓަކީ މުޅި ރާއްޖޭގެ ހުރިހާ މުދައްރިސުންނަށް ލިބިގެންދާނެ ޑިސްކައުންޓެއްކަމަށް އެސްޓީއޯއިން މައުލޫމާތު ދިނެވެ.

އަދި މި ޑިސްކައުންޓަކީ މުދައްރިސުނގެ ދުވަސް (މިއަދަށް) ކަނޑައެޅިފައިވާ ޑިސްކައުންޓެއް ނޫނެވެ. ހަމަ އެހެންމެ މިއީ އެސްޓީއޯއިން ރާއްޖޭގެ، ސަރުކާރު އަދި ޕްރައިވެޓް ހުރިހާ ސްކޫލްތަކެއްގެ މުދައްރިސުންނަށް ދޭނެ ޑިސްކައުންޓެއްކަމަށް އެސްޓީއޯއިން ބުންޏެވެ.

.އެސްޓީއޯއިން އަބަދުވެސް ޤަބޫލްކުރަނީ މުދައްރިސުންނަކީ ޤައުމު ބިނާކުރުމުގައި ވަރަށް މަތިވެރި ދަޢުރެއް އަދާކުރާ ފަރާތްތަކެއްކަމަށެވެ. .ހަމައެހެންމެ އެސްޓީއޯއިން އަބަދުވެސް މުދައްރިސުންގެ އަގު ވަޒަންކުރުމަށް އިސްކަންދެއެވެ. އެހެންނަމަވެސް، މުދައްރިސުން ކުރައްވާ ބިޔަ، ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމަކީ ފަސޭހަކަމެއްނޫންކަމަށް އެސްޓީއީއިން ބުންޏެވެ.

އެސްޓީއޯއިން އުންމީދުކުރަނީ އެ ކުންފުނީގެ މި ހަދިޔާ، ރާއްޖޭގެ ހުރިހާ މުދައްރިސުންނަށްވެސް ކަމުދާނެކަމަށެވެ.ް