ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ގަތަރުގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕާއި ގުޅުވައިގެން ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން، އެކުންފުނިން ވިއްކާ ސެމްސަންގ އަދި ފިލިޕްސް ޓީވީތަކަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހާއްސަ އިވެންޓެއްގައި މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެވެ.

މި ޕްރޮމޯޝަންގެ އެއްވަނައަށް އަންނަ ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވަނީ އެންމެފަހުން ބާޒާރަށް ނިކުތް އައިފޯނު 14 ޕްރޯ މެކްސް ފޯނެކެވެ. ދެވަނައަށް ވިއާރާ އެކު ޕީއެސް ފައިވް ލިބޭއިރު، ތިންވަނައަށް ހޮވޭ ފަރާތަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 15،000 ރުފިޔާގެ ގިފްޓް ވޮއުޗަރެއް ލިބިގެންދާނެ އެވެ.

މި ޕްރޮމޯޝަނުގައި ގަންނަ ކޮންމެ ފިލިޕްސް އަދި ސެމްސަންގ ޓީވީއަކަށް 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. އަދި ޓީވީ ހަރުކުރާ ބްރެކެޓެއް ހިލޭ ލިބޭނެ އެވެ. މީގެ އިތުރުން ފިލިޕްސް ބްރޭންޑުގެ 50 އިންޗީ (މޮޑެލް 50PUT8115/98) ގެ ކޮންމެ ޓީވީއަކާ އެކު ހިލޭ ސައުންޑްސްޕީކާ ބާ އެއް ލިބިގެންދާނެ އެވެ.

ޕްރޮމޯޝަން ކުރިއަށްދާނީ ނޮވެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށެވެ. ޕްރޮމޯޝަނުގައި ބައިވެރިވޭނީ 500 ރުފިޔާގެ ވިޔަފާރި ކޮށްގެންނެވެ.