ޕާކިސްތާންގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާންގެ ސަރުކާރު ވައްޓާލުމާ ގުޅިގެން އިހުތިޖާޖު ކުރުމުގެ ގޮތުން އިސްތިއުފާ ސިޓީ ހުށަހެޅި އޭނާގެ ޕާޓީގެ މެމްބަރުންގެ އިސްތިއުފާ ސިޓީ ގަބޫލުކުރުމުން އެކަމާ ދެކޮޅު ހަދައި ރާގު ބަދަލުކޮށްފިއެވެ.

ޕާކިސްތާން ތަހުރީކް އިންސާފް (ޕީޓީއައި) ގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން އިސްލާމްއާބާދު ހައިކޯޓުގައި އެދިފައި ވަނީ އެމީހުންގެ ސިޓީއަކީ އިސްތިއުފާގެ ސިޓީއެއް ކަމަށ ްބަލައި ނުގަތުމަށެވެ. އަދި އެމީހުންގެ ގިނޑި ނުގެއްލޭ ގޮތަށް ނިންމައި އެކަން ގާނޫނު ހަދާ މަޖިލީހަށާއި އިލެކްޝަން ކޮމިޝަން އޮފް ޕާކިސްތާނަށް އަންގައި ދިނުމަށެވެ.

އިމްރާން ޚާންގެ ސަރުކާރު ވެއްޓުމާ ގުޅިެގން މި މެމްބަރުން ފޮނުވި ސިޓީ ގާނޫނު ހަދާ މަޖިލީހުން ވަނީ ބަލައިގެން އިސްތިއުފާ ގަބޫލުކޮށް އެކަން އިލެކްޝަން ކޮމިޝަނަށް އަންގާފައެވެ.