ސައުދީ އަރަބިއްޔާއިން ސަހާރާގައި ތަރައްގީ ކުރާ ނިއޯމް ސިޓީ ރިސޯޓްގައި 2029 ވަނަ އަހަރުގެ އޭޝިއަން ވިންޓާ ގޭމްސް ބާއްވަން ކުރި ބިޑް ކާމިޔާބު ވެއްޖެ ކަމަށް ސައޫދީ އަރަބިއްޔާއިން ބުނެއެވެ.

ނިއޯމް ސިޓީ ރިސޯޓަކީ 500 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެކެވެ. ސައޫދީ ސަރުކާރުން ލަފާ ކުރާ ގޮތުގައި 2026 ވަނަ އަހަރު އެ ޕްރޮޖެކްތްގެ މަސައްކަތް ނިންމާލެވޭނެއެވެ.

ނިއޯމްގައި އައުޓްޑޯ ސްކީ އާއި މޭންމޭޑް ތާޒާ ފެނުގެ ލޭކެއް ވެސް ހަދާފައި ވެއެވެ. އަދި އޭގެ އިތުރުން ނޭޗާ ރިޒާވް ޕާކެއްވެސް އެ މަޝްރޫއުގައި ހިމެނެއެވެ.

ނިއޯމްއަކީ ކުޅިވަރު ތަރައްގީކުރުން ހިމެނޭ ގޮތަށް ތެލަށް ބަރޯސާވުން ކުޑަކޮށް ސައޫދީ އިގްތިސާދު ބަދަލުކުރުމަށް ސައޫދީ ރަސްކަމުގެ ވިޝަން 2030 ތަރައްގީގެ މާރެސްގެ ދަށުން ވަލީއަހުދު އަދި ބޮޑު ވަޒީރު މުހައްމަދު ބިން ސަލްމާން ހިންގަވާ އެންމެ ބޮޑު މަޝްރޫއު އެވެ.

ނިއޯމްއަކީ ރެޑްސީ ސަރަހައްދުގައި 26،500 އަކަ ކިލޯމީޓަރު (10،230 އަކަ މޭލު) ގެ ސަރަހައްދެއްގައި ބިނާ ކުރާ ހައިޓެކް ޑިވެލޮޕްމަންޓެކެވެ. އެއީ ޒީރޯ ކާބަން ސިޓީ "ދަ ލައިން" ގެ އިތުރުން ސިނާއީ އަދި ލޮޖިސްޓިކްސް ސަރަހައްދުތައް ހިމެނޭ މަޝްރޫއެކެވެ.

ނިއޯމްގައި އޭޝިއަން ވިންޓާ ގޭމްސް ބާއްވާ ސަރަހގައްދަކީ ފިނި މޫސުމުގައި ފިނިހޫނުމިން ސައޫދީ އެހެން ސަރަހައްދުތަކަށް ވުރެން ދަށަށް ދާ ސަރަހައްދެކެވެ. އަދި އާންމުކޮށް މައިނަސް އަށް އެހިސާބުގެ ފިނިހޫނުމިން އުޅޭނެ ކަމަށް ބެލެވެއެވެ.