ޕާކިސްތާންގެ ޓެރަރިސްޓް ޖަމާއަތް ކަމަށްވާ ތަހްރީކޭ ތާލިބާނޭ ޕާކިސްތާން (ޓީޓީޕީ) އިން ދޭ ޓެރަރިސްޓް ހަމަލާތަކުގެ ނުރައްކާ ބޮޑުވެފައިވާތީ އެމީހުންގެ ހަރަތާކްތައް ހިނގާ ކޮންމެ ސަރަހައްދެއްގައިވެސް އެންމެ ހަރުކަށި ކަމާއެކު ރައްދު ދިނުމަށް ޕާކިސްތާންގެ ދާޚިލީ ވުޒާރާއިން އަންގައިފިއެވެ.

ސަލާމަތީ ފަރާތްތަކުން ގެންދަނީ ސަރޗް އެންޑް ސްޓްރައިކް މިޝަންތައް ހިންގަމުންނެވެ. އަދި އެއާއެކު މުޅި ޕާކިސްތާންގައި ޓެރަރިސްޓް ހަމަލާތަކާ ދެކޮޅަށް ތައްޔާރީ ހާލަތުގައި ތިބުމަށްވެސް ދާޚިލީ ވުޒާރާއިން އަންގާފައި ވެއެވެ.

ދާޚިލީ ވުޒާރާއިން ބުނާ ގޮތުގައި ޕާކިސްތާން ތާލިބާންގެ ނުރައްކާ ޕާކިސްތާންގެ ދަށުގައި އޮންނަ ކަޝްމީރާއި ގިލްގިޓު ބަލްޓިސްތާންގެ އިތުރުން އިސްލާމްއާބާދު ސަރަހައްދަށް އިތުރު ވެފައިވެއެވެ.

ޕާކިސްތާނުން ވަނީ ޓީޓީޕީ އާއެކު ސުލްހައިގެ ވާހަކަތައް އަހަރަކަށް ވުރެން ގިނަ ދުވަހު ބާއްވާފައެވެ. ޕާކިސްތާނުން ވަނީ ތާލިބާނމުންގެ ލީޑަރެއް ކަމަށްވާ އުމަރު ޚާލިދު ޚޫރާސާނީވެސް މަރާލާފައެެވެ.