ނެހާ ޑުޕާއީގެ ދަރިފުޅަށް 1 އަހަރުވީކަން އެންގުމަށް ހިއްސާކުރީ ރާއްޖޭގައި ނަގާފައިވާ ފޮޓެއެކެވެ.

ރާއްޖޭގެ ރިސޯޓެއްގެ ގޮނޑުދޮށުގައި ނެހާ ފިރިހެން ދަރިފުޅާއެކު ނަގާފައިވާ ފޮޓޯ ހިއްސާކުރަމުން ލިޔެފައިވަނީ، މިނެތް ނެތްވަރަށް ލޯބިވާން ދަސްކޮށްދިނީ ދަރިފުޅުކަމަށެވެ.

ނެހާ ޑުޕާއީ އާއި އަންގަތް ބޭދީގެ ދެމަފިރިންނަށް ފުރަތަމަ ލިބުނީ އަންހެން ކުއްޖެކެވެ. އެ ދަރިފުޅަށް މިހާރު 3 އަހަރުވެއްޖެއެވެ.

ނެހާގެ ފިރިހެންދަރިފުޅަށް 1 ހަރުވީ މިމަހު 3 ގައެވެ. ނިހާ ބުނެފައިވަނީ ފިރިހެންދަރިފުޅު ގްރިކް ދުނިޔެއަށް އުފަންވީ ތާރީޚްގެ ކުރިންކަމަށެވެ. ގްރިކް އުފަންވާނެކަމަށް ޑޮކްޓަ ބުނެފައިވަނީ އޮކްޓޫބަރ 7 ގައެވެ. ނަމަވެސް އެ ދަރިފުޅު އުފަންވީ ޑޮކްޓަރ ބުނި ދުވަހަށްވުރެ 4 ދުވަސް ކުރީންނެވެ.

ނެހާ އޭނާގެ ފިރިހެންދަރިފުޅަށް އެއް އަހަރު ފުރުނުކަން ބުނެ ހިއްސާކުރު ފޮޓޮއަށް ގިނަ ބަޔަކު ތަޢުރީފްކޮށްފައި ހުއްޓެވެ. އެގޮތުން ސަބާ އަލީ ޚާން ލިޔެފައިވަނީ "ހެޕީ ފަސްޓް ބާތްޑޭ މާޝާ ﷲ." އެވެ. ސަބާގެ އިތުރަށް މަހީޕް ކަޕޫރާއި ސޯފީ ޗައުދީަރީ އާއި އިތުރު ފަންނާނުން ނެހާގެ ދަރިފުޅަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވާފައި ވެއެވެ.

ނެހާ ޑުޕާއީ އޭނާގެ ފިރިމީހާ އަންގަތް ބޭދީ އަދި ދެ ދަރިން މި އަހަރު ކުރީ ކޮޅު ރާއްޖެ އައެވެ. ނެހާގެ ދެމަފިރިން ހަނީމޫނަށްވެސް އައީ ރާއްޖެއަށެވެ.