ބޭނުންވާ ތަކެތި

1 އެވަކާޑޯ

½ ލުނބޯ

1 ދަޅު ކުކުޅުމަސް

¼ ޖޯޑު ފިޔާ (ކޮށާފައި)

2 ޖޯޑު ޓޮމާޓޯ (ވައްކޮށް ކޮށާފައި)

2 ޖޯޑު ކިޔުކަންބަރ (ކޮށާފައި)

½ ޖޯޑު ޕާސްލޭ (ކޮށާފައި)

4/3 ޖޯޑު ބެލްޕެޕާ (ފެހިކުލަ)

¼ ޖޯޑު އޮލިވް އޮއިލް

2 މޭޒުމަތީސަމުސާ ވިނިގާ

½ މޭޒުމަތީސަމުސާ ލޮނު

½ މޭޒުމަތީސަމުސާ އަސޭމިރުސް (މުގުރި)

ތައްޔާރުކުރާނެ ގޮތް

އެވަކާޑޯ އޮށްނެގުމަށްފަހު ހަތަރެސްކަނަށް ވާނޭހެން ކޮށާށެވެ. އެއަށްފަހު ތައްޓަކަށް އަޅައި ހުތް ޖަހާށެވެ. ދެން ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ކުކުޅުމަހާއި ފިޔާ، ޓޮމާޓޯ، ކިޔުކަންބާ ޕާސްލޭ، ބެލްޕެޕާ އަދި އޮލިވް އޮއިލްއާއި ވިނިގާ ލޮނު އަޅައިގެން މޮޑެލާށެވެ. އެއަށްފަހު ކެއުމުގެ 1 ގަޑިއިރު ކުރިން ފްރިޖްގައި ބަހައްޓާލާފައި ނަގާށެވެ.