މިއަދުގެ ފަތިހު 4:30 އިން ފެށިގެން 10:30 ގއ. އިން ފެށިގެން އައްޑޫ ސިޓީއަށް ހުދުސަމާލު ނެރެފިއެވެ.

މޯލްޑިވްސް މިޓޮރިޖަކަލް ސެންޓަރުން މިއަދު ނެރުނު ހުދުސަމާލުގައި ބުނެފައިވަނީ މިއަދު ފަތިހު4:30 އިން ފެށިގެން 10:30 ދެމެދު ގއ. އިން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ އިތުރަށް ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް މެޓްއޮފީހުން ލަފާކުރެއެވެ.

ރާއްޖެއަށް މިހާރުކުރަމުން މިދަނީ ހުނޅަނގު މޫސުމުގެ ވިއްސާރަކަމާއި މި ވިއްސާރަ ނޮވެންބަރު މަހާއި ހަމައަށް ދެމިގެންދާނެކަމަށް މެޓް އޮފީހުން ލަފާކުރާކަމަށް ހާމަކުރީ ފާއިތުވި ހަފްތާގައެވެ. އެހެންނަމަވެސް މި ފެށުނު ހަފުތާ އާންމުގޮތެއްގައި މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެއެވެ.