އިންޑިއާ އާއި ޢަރަބި އާކިޓެކްޗަރ ޑިޒައިންތައް އެއްކޮށްލާފައިވާ އާ ހިންދޫ ފައްޅިއެއް ޑުބާއީގައި އިފްތިތާހު ކޮށްފިއެވެ. މި ފައްޅި ހަދާފައި ވަނީ ޑިއުޓީ ފްރީ ސަރަހައްދެއްކަމަށްވާ ޖަބަލް އަލީ އަވަށުގައެވެ. އެ ފައްޅި ހަދާފައި ވަނީ ޖަބަލް އަލީގައި 'އަޅުކަމުގެ އަވަށް' ގެ ނަމުން ނަންދެވިފައިވާ ހިސާބެއްގައެވެ.

އިންޑިއާ އެމްބަސީން ބުނިގޮތުގައި މި ފައްޅި އިފުތިތާހު ކޮށްދެއްވީ މިނިސްޓަރ އޮފް ޓޮލަރެންސް އެންޑް ކޯއެގްޒިސްޓެންސް ޝައިޚް ނަހުޔާން ބިން މުބާރަކް އަލް ނަހްޔާން އާއި އިންޑިއާގެ އެމްބެސެޑަރ ސަންޖޭ ސުދީރުއެވެ.

ޔޫއޭއީގައި އިންޑިއާގެ 3.5 މިލިއަން މީހުން ދިރިއުޅެއެވެ.