އިންޑިއާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ކަމުގައިވާ ކޮމްޕްރެހެންސިވް އިކޮނޮމިކް ޕާޓްނަޝިޕް އެގްރީމަންޓް (ސީއީޕީއޭ) ސޮއިކުރުމާ ބެހޭ މަޝްވަރާތައް ފެށުމަށް ބަންގްލަދޭޝްއާއި އިންޑިއާގެ ލީޑަރުން ވަނީ މިދިޔަ މަހު އެއްބަސްވެވަޑައިގެންފައެވެ.

މި އެއްބަސްވުން ހަގީގަތަކަށް ވެއްޖެނަމަ ސީއީޕީއޭ ވެގެންދާނީ ބަންގްލަދޭޝްގެ ފުރަތަމަ، ފުރިހަމަ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށެވެ.

ގަނގްލަދޭޝްއިން މިހާތަނަށް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ ބޫޓާނާއެކު 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

އެއީ ބޫޓާނުގެ 34 ބާވަތެއްގެ މުދަލާއި ބަންގްލަދޭޝްގެ 100 ބާވަތެއްގެ މުދާ ޑިއުޓީ ފްރީކޮށް ދެފަރާތަށް ލިބޭ ގޮތް ހެދުމަށް އެއްބަސްވެފައިވާ އެއްބަސްވުމެކެވެ.

ބަނގްލަދޭޝްއިން ބުނާ ގޮތުގައި އިންޑިއާ އަކީ އިމްޕޯޓްގެ ވަރަށް ބޮޑު މަސްދަރެކެވެ. އަދި އެކްސްޕޯޓް ކުރުމުގެ ފުރުސަތުވެސް ބޮޑު މަންޒިލެކެވެ. އެހެންވެ މިނިވަން ވިޔަފާރީގެ މަޝްވަރާތައް ރަސްމީކޮށް ފެށުމުގެ ކުރިން ވަރަށް ޑާކާއިން ވަނީ ގިނަ ދިރާސާތަކެއް ކޮށްފައެވެ.