ޕާކިސްތާނުގެ ދީނީ އިލްމު ވެރިއަކު ވަނީ އެގައުމުގެ ގާދިޔާނީ މަޒުހަބުގެ މާބަނޑު އަންހެނުން މަރާލުމަށް ފޮވާލާފައެވެ. ޔޫޓިއުބުގައި ދައުރުވަމުންދާ ވީޑިއޯގައި ހަރުކަށި ތަހުރީކޭ ލައްބައިކް ޕާކިސްތާން (ޓީއެލްޕީ) ގެ އިސް ދީނީ އިލްމުވެރިއެއް ކަމަށްވާ މުހައްމަދު ނައީމް ޗައްތާ ގާދްރީ ވަނީ އިތުރު ގާދިޔާނީއެއް އުފަން ވިޔަ ނުދިނުމަށް ގޮވާލައި މާބަނޑު އަންހެނުންނަށް އަމާޒުކުރުމަށް އޭނާގެ ސަޕޯޓަރުންނަށް ގޮވާލާފައެވެ.

ތަހުރީކޭ ލައްބައިކަ ޕާޓީއަކީ ބްރޭލްވީ ފިކުރުގެ ޕާޓީއެކެވެ.

އެ ވީޑިއޯގައި ގާދިރީ ބުނެފައި ވަނީ ގާދިޔާނީންގެ މާބަނޑު އަންހެނުންނަށް ދޭ ހަމަލާތައް ކާމިޔާބު ނުވާނަމަ، އެމީހުންނަށް އުފަންވާ ތުއްތު ކުދިން، މަރާލަން ޖެހޭނެ ކަމަށެވެ.