ޗައިނާއިން ޓައިވާނަށް ދީފާނެ ހަމަލައަކަށް ތައިވާން މީހުން ތައްޔާރުވާން ފަށައިފިއެވެ. އަމިއްލަ ފަރުދީ ފެންވަރުގެ އިސްނެގުމާއެކު މީހުން ވަނީ ތަމްރީން ހޯދައި މައުލޫމާތު އެއްކޮށް ހޭލުންތެރިވާން ފަށާފައެވެ.

ޓައިޕޭގެ ކުމާ އެކަޑެމީއަކީ މީހުން ތަމްރީން ކުރާ މަރުކަޒެކެވެ. މި އެކަޑެމީގައި ބައިވެރިވި 50 ޒުވާނުންނަށް ވަނީ ކްރޮސް ސްޓްރެއިޓް ޖިއޮޕޮލިޓިކްސް އާއި ޗައިނާގެ ސްޓްރެޓެޖީތަކާއި ޗައިނާއިން ތައިވާން ހިފާނެ ގޮތުގެ ސިނާރިއޯއާއި ޗައިނާއިން ޓައިވާނާ ދެކޮޅަށް ހންގާ ދޮގު މައުލޫމާތުގެ ތަމްރީން ޕްރޮގްރާމުގައި ބައިވެރިވެފައެވެ.

އެމީހުންނަށް ދީފައިވާ އެހެން މައުލޫމާތުގެ ތެރޭގައި އިދިކޮޅު ޗައިނާގެ ލަޝްކަރުތަކުގެ ޔުނީފޯމްގެ ތަފާތާއި އެމީހުން ގެންގުޅޭ އުކުޅުތައް ކިޔައި ދީފައި ވެއެވެ.

މިއީ ޓައިވާންގެ ސިޓިޒަން ވޮރިއަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެކެވެ.

މި ކަމަށް ހޭދަ ކޮށްފައި ވަނީ ވިޔަފާރިވެރިޔާ ބިލިއަނަރ ރޮބަޓް ޓްސާއޯގެ 1 ބިލިއަން ޓައިވާން ޑޮލަރުގެ ފަންޑަކުންނެވެ. އެ ފައިސާއަކީ "ތިން އަހަރު ތެރޭގައި ތިން މިލިއަން މީހުން" ތަމްރީނު ކުރުމަށް އޭނާ ވައުދުވެ ވަޑައިގެން ޓައިވާންގެ މަދަނީ މިލީޝިއާގެ ގޮތުގައި 300،000 މީހުން ތަމްރީން ކުރުމުގެ ކެމްޕޭނެކެވެ.

މިއީ ޗައިނާގެ ސިފައިން ޓައިވާނަށް އަރައިގަތުމާ ދެކޮޅަށް ތައްޔާރުވުމަށް ކުރާ މަސައްކަތެކެވެ.

ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުމާއި، އަދި އެގައުމުން ރަޝިޔާއިން ދިފާއުވުމަށް ކުރާ މަސައްކަތުން ޓައިވާނުގެ ރައްޔިތުންނަށް އިތުރު ހިތްވަރެއް ލިބިފައި ވެއެވެ.