މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ނެރުނު ވައިޓް އެލާޓްގައި ބުނެފައި ވަނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

މި އެލާޓްގެ މިއަދު މެންދުރު 1:00 އިން ފެށިގެން މިރޭ 7:00 އާ ހަމައަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް ވެސް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.