މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ނެރުނު ވައިޓް އެލާޓްގައި ބުނެފައި ވަނީ މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހޭނޭ ކަމަށެވެ. އޭގެ އިތުރުން ގުގުރާނޭ ކަމަށް ވެސް ލަފާކޮށްފައިވެއެވެ. މެޓުން ބުނެފައިވަނީ މި ވިއްސާރާގައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މެޓު އޮފީހުން މި އެލާޓް ނެރެފައިވަނީ މިއަދު ހަވީރު 4:30 އިން މިރޭ 10:30 އާ ހަމައަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް ވެސް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.