ކޮފީ އަކީ ސިއްޙަތަށް ފައިދާ ހުރި އެއްޗެއް ނަމަވެސް ހެނދުނު ހުސްބަނޑާ ހުރެ ކަޅު ކޮފީ ބުއިމުން ސިއްޙަތަށް ގެއްލުން ވާނެކެމަށް ޑޮކްޓަރ މުޙައްމަދު އަލީ "ޓިކްޓޮކްގައި" ވިދާޅުވެއްޖެއެވެ.

ޓިކްޓޮކް ގައި ޑރ. މުޙައްމަދު އަލީ ހިއްސާ ކުރެއްވި ވީޑިޯއެއްގައި ވިދާޅުވަނީ ކޮފީއަކީ ސިއްޙަތަށް ފައިދާހުރި އެއްޗެއްކަމަށެވެ. ކޮފީ ބުއިމުން ހިތުގެ ބަލިތަކަށާއި ސިކުނޑީގެ ބަލިތަކަށް ފަރުވާ ލިބޭކަމަށެވެ.. އެހެންނަމަވެސް ކޮފީ ބޯ ގަޑިތަކަށް ފަރުވާތެރިވާން ޖެހޭކަމަށް ޑރ. ވިދާޅުވިއެވެ.

އެގޮތުން ކެއުމުގެ ފަހުން ކޮފީ ބުއިމަކީ ރަނގަޅުކަމެއްކަމަށް ޑރ. ވިދާޅުވިއެވެ. އެހެންނަމަވެސް ހެނދުނު ހުސްބަނޑާ ކަޅުކޮފީ ބުއިމުން ވައިގެ އުނދަގޫވުންފަދަ ކަންކަން މެދުވެރިވާނެކަމަށް ޑރ. މުޙައްމަދު އަލީ ވިދާޅުވިއެވެ.

ސިއްޙީ މައުލޫމާތުދޭ އެ ޓިކްޓޮކް ވީޑިއޯ ހުށަހަޅާފައިވާގޮތުން ގިނަބައެއްގެ ސަމާލުކަން ވީޑިއޯއަށް ލިބިފައިވެއެވެ. އެހެނަކަމުން ވަރަށް ގިނަބަޔަކު ވީޑީއޯ ބަލަިފިވެސް މެއެވެ.