ވޭތުވެ ދިޔަ 60 އަހަރުގެ ތެރޭގައި ޕާކިސްތާނަށް ވާރޭ ނުވެހޭ މިންވަރަށް މި ދިޔަ މަހު ވާރޭވެހިއްޖެއެވެ. މި ވިއްސާރައިގެ ސަބަބުން މަދުވެގެން 144 މީހުން ވަރުވެފައި ވެއެވެ. އެ ޤައުމުގެ މޫސުމާ ބެހޭ އެޖެންސީ އާ ޙަވާލާދީ އަލްޖަޒީރާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޢާއްމުކޮށް މީގެކުރިން އޭޕްރީލް މަހު ވެހޭ ވާރޭގެ ދެ ގުނަ އިތުރު މިންވަރަކަށް ވާރޭ ވެހިފައި ވެއެވެ.

މޫސުމީ މި ކާރިސާގައި 59.3 މިލިމީޓަރ (2.3 އިންޗި) އަށް ވާރޭ ވެހިފައި ވެއެވެ. ޢާއްމު ގޮތެއްގައި އެ ޤައުމަށް ވާރޭ ވެހެނީ 22.5 މިލި މީޓަރ (0.9 އިންޗި) އަށް ކަމަށް ހުކުރު ދުވަހު އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާގެ ރެޕޯޓުގައި ވެއެވެ. 1961 ވަނަ އަހަރުގެ ފަހުން އެއްމެ ގިނައިން ވާރޭވެހިފައި ވަނީ ބޮލިޗިސްތާނަށެވެ. އެއީ 437 އިންސައްތަ މަތީ ޢަދަދެކެވެ. މި ވިއްސާރައިގައި ގިނަ ޢަދަދެއްގެ ގެޔާއި، ވެހިކަލްތަކާއި، އެހނިހެން އެއްޗެއްސަށް ގެއްލުން ވެފައި ވެއެވެ.

ބޮލިޗިސްތާނުގެ ޚައިބަރަށް ވެހުނު ވޭރޭގައި 84 މީހުން މަރުވެފައި ވެއެވެ. އޭގެތެރޭގައި 38 ކުޑަ ކުދިން ވެސް ހިމެނެއެވެ. މި އަވަށް ކުރިމަތިވި މާލީގެއްލުމަށް ބަލާއިރު 3500 ގެ ވަނީ ހަލާކުވެފައެވެ. މުޅި ދުނިޔެއަށް ވެސް މޫސުމީ ބަދަލުތައް ކުރިމަތި ވެފައިވާ މި ދަނޑިވަޅު ގައި އޭޝިޔާގެ އެހެން ޤައުތަކަށް ވެސް ވިއްސާރައިގެ ނުރަނގަޅު އަސަރު ކޮށްފައި ވެއެވެ. އޭގެ ތެރޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި، ސަޢުދީ ޢަރަބިއްޔާ އަށް ވެހުނު ވާރޭގެ މިންވަރު ފާހަގަކޮށްލެވެއެވެ. ޕާކިސްތާނަށް 2022 ވަނ އަހަރު ކުރި ވިއްސާރައި ގައި 1739 މީހުން މަރުވެފައި ވެއެވެ. އަދި 30 ބިލިއަން ޔޫސް ޑޮލަރުގެ ގެއްލުމާއި، ކުރިމަތި ލާންޖެހިފައި ވެއެވެ.