ހއ. އަތޮޅުގެ 5 ރަށަކަށް ރައީސް އަބްދުﷲ ޔާމީން ކުރައްވަން ހަމަޖައްސަވާފައިވާ ދަތުރުފުޅު ފަސް ކުރައްވައިފި ކަމަށް އެމަނިކުފާނުގެ ޕާޓީ ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމުން ބުނެފައިވަނީ ދަތުރުފުޅު ފަސް ކުރެއްވީ މިދުވަސްވަރު މުޅި ރާއްޖޭގެ މޫސުން ގޯސްވެ ވައިގަދަވުމާއި ކަނޑަުގަދަވުމުގެ ސަބަބުން ކަމަށެވެ. އެމަނިކުފާނުގެ މިދަތުރުުފުޅު ދެން ފަށްޓަވާނީ މޫސުން ރަނގަޅުނަމަ އަންނަ ހޮނިހިރު ދުވަހު ކަަމަށް ވެސް ޕީޕީއެމުން ބުނެފައިވެއެވެ.

ރައީސް ޔާމީންގެ މިދަތުރުފުޅަކީ ޕާޓީ ޕްރޮމޯޓު ކުރުމާއި ޕާޓީގެ މެންބަރުންނާ ބައްދަލު ކުރުމާއި ޕާޓީގެ މެންބަރޝިޕް އިތުރު ކުރުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް އެނގިފައިވެއެވެ.

ޕީޕީއެމުން މިހާރު ގެންދަނީ އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މަސްވެރިންގެ ޝަކުވާތަކުގެ އަޑު ސަރުކާރަށް އިއްވުމަށް ކަމަށްބުނެ ވަރަށްފަހުން ވަނީ މުޒާހަރާއެއް ބާއްވައިފައެވެ. އޭގެ އިތުރުން ކޮންމެދުވަހަކު ކަހަލަ ގޮތަކަށް ޖަގަހަ ޖަލްސާ ވެސް ގެންދަނީ ބާއްވަމުންނެވެ.