މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މިއަދު ހެނދުނު 9:15 އިން މެންދުރު 13:00 އަށް ށ. އަތޮޅުން ފެށިގެން ދ. އަތޮޅާހަމައަށް މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ބުނެފައި ވަނީ ރީނދޫ ސަމާލު ނެރެފައިވާ އަތޮޅުތަކަށް މިއަދު 9:15 އިން 13:00 އާއި ދެމެދު ބޯކޮށް ވާރޭވެހޭނޭ ކަމަށެވެ. އޭގެ އިތުރުން ގުގުރާނޭ ކަމަށް ވެސް ލަފާކޮށްފައިވެއެވެ. މެޓުން ބުނެފައިވަނީ މި ވިއްސާރާގައި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މިދުވަސްކޮޅަކީ ރާއްޖޭގެ ވަރަށް ގިނަ ހިސާބުތަކަށް މޫސުން ގޯސްވެ ކަނޑުތައް ވަރަށް ގަދަ ދުވަސްވަރެކެވެ.

އެހެންނަމަވެސް ސްކޫލުތައް 1 ހަފްތާއަށް ބަންދުވުމަށްފަހު އަންނަ އާދީއްތަ ދުވަހު ހުޅުވޭއިރު ގިނަ ބަޔަކު އެއްރަށުން އަނެއްރަށަށް ދަތުރުކުކުރާނެއެވެ.

ވީމާ، ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.