މިހާރު ކުރިއަށްދާ ކުލަބު މޯލްޑިވްސް ކަޕުގައި ރޭ ކުޅުނު މެޗުން މޯލްޑިވިއަން އަތުން ސިޓީ ކައުންސިލް ބަލިވުމާއެކު މުބާރާތުގެ ދެވަނަ ބުރުން މޯލްޑިވިއަން އަދި އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) އަށް ޖާގަ ލިބިއްޖެއެގަދަވެ.
މޯލްޑިވިއަނުން ސިޓީ ކައުންސިލްގެ މައްޗަށް ކުރި ހޯދީ 2-1 އިންނެވެ.
މި ނަތީޖާއާއެކު ގްރޫޕް ބީގެ އެއްވަނައިގައި އޮތް އާރްއާރްސީ އާއި ދެވަނައިގައި އޮތް މޯލްޑިވިއަންއަށް ވަނީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި ސިޓީ ކައުންސިލް އަދި ހަތަރުވަނައިގައި މީޑިއާނެޓް މުބާރާތުން ކެޓީ ކުޅުނު ދެމެޗުންވެސް ބަލިވެގެންނެވެ.
މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުން ގްރޫޕް އޭ ގައި ހިމެނޭ އެމްޓީސީސީ ވަނީ މިފްކޯ ރެކްރިއޭޝަން ކުލަބު އަތުން 3-2 އިން މޮޅުވެފައެވެ.
މި ނަތީޖާއާއެކު ގްރޫޕް އޭގެ ދެ ވަނައިގައި އޮތް ފެން ކުލަބާއި ތިންވަނައިގައި އޮތް އެމްޓީސީސީއަށް ވަނީ ދެ މެޗު ކުޅެގެން ތިން ޕޮއިންޓް ލިބިފައެވެ. އެއްވަނައިގައި އޮތީ ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކު ވެމްއެވެ. މިގްރޫޕުގައި ދެން ހިމެނޭ މިފްކޯ ވަނީ ކުޅުނު ދެމެޗުންވެސް ބަލިވެ މުބާރާތުން އަލްވަދާއު ކިޔަން ޖެހިފައެވެ.