ވިއްސާރައާއެކު ވައި ގަދަވާނޭ ކަމަށް ލަަފާކޮށް މެޓް އޮފީހުން މުޅި ރާއްްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މި އެލާޓް ނެރެފައިވަނީ ހަވީރު 6:00 އިން މިރޭ 11:00 އަށެވެ.

ވައިޓުއެލާޓު ބުނާ ގޮތުން އެވަގުތުގައި ބޯކޮށް ވާރޭވެހޭނެއެވެ. އަދި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނޭ ކަމަށް ވެސް ބުނެފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ބާރުވާނޭ ކަމަށް ވެސް ބުނެފައިވެއެވެ. މިއަދު ހަވީރު ނެރެފައިވާ އެލާޓެއްގައި މެޓުން ބުނެފައިވަނީ ރާއްޖޭގެ ކަނޑުތައް ގަދަވެ ބައެއް ރަށްރަށަށް އުދައަރާނޭ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކުރިއަށް އޮތް ދެ ދުވަހު ވެސް މޫސުން ގޯސްވާނޭ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.