އަދާލަތު ޕާޓީއަށް ވަދެގެން ﷲ ގެ ދިންނެވުމާއި ފުއްސެވުމެއް ނުލިބޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވިިކަމަށް ބައެއް އޮންލައިން ނޫސްތަކުގައި ލިޔުމުން އެޕާޓީގެ ރައީސް އަދި މި ސަރުުކާރުގެ ހޯމް މިނިސްޓަަރ އިމްރާން އަބްދުﷲ ރައްދު ދެއްވައިފިއެވެ.
ރޭ އިހަވަންދޫގައި ބޭއްވިި ޖަލްސާއެއްގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ އަދާލަތު ޕާޓީން ސިޔާސީކަންކަން ވެސް ރައްޔިތުންނަށް އޮޅުވާ ލަމުންދާ ކަމަށެވެ.
ރައީސް ޔާމީނަށް ރައްދު ދެއްވަމުން އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އަދާލަތު ޕާޓީ (އޭޕީ) އަށް މީހުން ވަންނަނީ މީހުންނަށް އަނިޔާކުރުމާއި ވައްކަން ކުރުމަށްނަމަ ރައީސް ޔާމީން ވިދާޅުވީ ތެދުފުޅެއް ކަމަށެވެ. "ނަމަވެސް އޭޭޕީއަށް ވަންނަނީ ﷲ ގެ ދީނަށް އުޅެ، ދީން މަތިވެރިކޮށް، ހެޔޮލަފާ މުއުމިނަކަށްވުމުގެ ނިޔަތުގައިނަމަ އިންޝާ ﷲ ދިންނަވާ ނަސީބު ލިބޭނެ މީހަކަށް ވާނެ،" ކަމަށް އިމްރާން ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީން މިހާރު ގެންދަވަނީ އެންމެ އުތުރުގެ ފަސް ރަށަކަށް ދަތުރުފުޅެއް ކުރައްވަމުންނެވެ. އެ ދަތުރުފުޅު އެމަނިކުފާނު ފެެށްޓެވީ އިއްޔެއެވެ.