މިހާރު ކުރިއަށްދާ ބްލޮންޑިއޯ ހަފްލާގައި ޒުވާން އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ބާސެލޯނާ އާއި ސްޕެއިނުގެ ޒުވާން މިޑްފީޑަރު ޕަބްލޯ ގަވީއަށް ލިބިއްޖެއެވެ.

ފްރާންސް "ފުޓްބޯލް" އިން އަހަރަކު އެއްފަހަރު ބާއްވާ މިއެވޯޑް ހަފްލާގައި ޒުވާން މޮޅު ކުޅުންތެރިޔާގެ މަގާމަށް ގަވީއާ ވާދަކުރީ ވާދަވެރި ރެއާލް މެޑްރިޑުގެ ފްރާންސުގެ މިޑްފީލްޑަރު ކަމަވިންގާ އާއި ބަޔާން މިޔުނިކުގެ ޖަރުމަނު މިޑްފީލްޑަރު މުސިއަލާއެވެ.

ޒުވާން މޮޅު ކުޅުންތެރިޔާގެ މަގާމް މިދިޔަ އަހަރު ހޯދީ ބާސެލޯނާ އާއި ސްޕެއިނުގެ ހުނަރުވެރި މިޑްފީލްޑަރު ޕެޑްރީއެވެ.

ބެލޮންޑިއޯގެ އިތުރު ތަފްސީލް އަންނަނީ...