ޔަހޫދީންގެ ނަން ހުތުރު ޖާސޫސީ އިދާރާ މޯދާސުން ވަރުގަދަ ބޮނޑިއެއް ބޮއެފިއެވެ. މެލޭޝިއާގެ ނޫސްތަކުން ބުނިގޮތުގައި އިޒްރޭލުގެ މޮސާދުން ވަނީ މެލޭޝިއާގެ ބަޔަކާ ގުޅިގެން މެލޭޝިއާގައި ދިރިއުޅޭ ފަލަސްތީނުގެ ކޮމްޕިއުޓަރ ޕްރޮގަރާމަރެއް ކިޑްނެޕް ކުރަން އުޅެފައެވެ.
17 އޮކްޓޯބަރުގައި ރިޕޯޓްކޮށްފައިވާ މި ހާދިސާއަކީ 28 ސެޕްޓެމްބަރުގެ ރޭގަނޑު ކުއާލަލަމްޕޫރުގައި ހިނގާފައިވާ ކަމެކެވެ. މެލޭޝިއާ ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއްގައި ޔަހޫދީން ބުނެގެން ކިޑްނެޕް ކުރި މީހާ ވަނީ 24 ގަޑިއިރު ތެރޭ ސަލާމަތް ކޮށްފައެވެ. މި އޮޕަރޭޝަން ނާކާމިޔާބު ވުމުން އިޒްރޭލުން ވަނީ މިއީ ހިނގިކަމެއް ކަމަށް އެއްބަސްވެފައެވެ. ނަމަވެސް ބުނެފައި ވަނީ މި އޮޕަރޭޝަންގައި ވަގަށް ނެގުނީ ވަގަށް ނަގަން ބޭނުންވި މީހާ ނޫން އެހެން މީހެއ ްކަމަށެވެ.
ފަލަސްތީނުގެ ދެ ކޮމްޕިއުޓަރ ޕްރޮގްރާކަރަކު ރޭގަނޑުގެ ކެއުން ނިންމާފައި ކާރަށް އަރަން އުޅުމުގެ ތެރޭގައި ފަހަތުން އައި އުޅަނދަކުން ފޭބި މެލޭޝިއާ ބަޔަކު ވަނީ އެމީހުން ވަގަށް ނަގަން މަސައްކަތް ކޮށްފައެވެ. އެމީހުންގެ އަތު ޖެހުނީ ފަލަސްތީނު ދެމީހުންގެ ތެރޭން ކާރު ދއްވަން އިން މީހާއެވެ. ދެވަނަ މީހާ ވަނީ އެމީހުންގެ އަތުން ސޮއްސާލައިގެން ކައިރީގައި ހުރި ހޮޓަލަކަށް ވަދެ ސަލާމަތީ ފަރާތްތައް އެ ހާދިސާއަށް އެލާޓް ކޮށްފައެވެ. އޭގެ 40 މިނެޓް ފަހުން މެލޭޝިއާ ފުލުހުން އެމީހާ ހޯދުމގެ މަސައްކަތް ފެށިއެވެ.
މޯސާދްގެ އެޖެންޓުންގެ އިރުޝާދަށް ފަލަސްތީނުގެ ޕްރޮގްރާމަރު އެކަހެރި ހިސާބެއްގައި ހުރި ގެއަކަށް ގެންގޮސް ގޮނޑިއެއްގައި ބަނދެފައި ވީޑިއޯ މެދުވެރިކޮށް ސުއާލު ކުރަން ފެށިއެވެ. އޭނާ މޯސާދޮގެ އެޖެންޓުގެ ސުއާލުތަކަށް ޖަވާބު ނުދީ ހިފެހެއްޓުމުން އޭނާހ ވަގަށް ނެގި މީހުން އޭނާއަށް އަނިޔާކޮށް ހެއްޖެވެ.
މެލޭޝިއާ ފުލުހުން ޚާއްސަ އޮޕަރޭޝަނެއްގައި 24 ގަޑިއިރު ނުވަނީސް އެމީހާ ސަލާމަތް ކުރިއެވެ.
މޮސާދަކީ ފަލަސްތީނު މީހުން ވަގަށް ނެގުމާއި އެހެން ގައުމުތަކުގައި އެމީޙުން މެރމާއި އަރަބި ސައިންޓިސްޓުން ނެތިކޮށްލުމުގެ މަސައްކަތަށް ޚާއްސަ އިދާރާއެކެވެ.
މޮސާދާ ބެހޭ ގތުން މީހަކު އިތުރަށް ހޯދަން ޝައުގުވެރިވާނަމަ އެމީހަކު ކިޔަންވީ އެ އެޖެންސީން ފިލައިގެން ސަލާމަތްވި ކުރީގެ އެޖެންޑް ވިކްތަރ އޮސްޓްރޮސްކީގެ ފޮތް ބައިވޭ އޮފް ޑިސެޕްޝަން އެވެ.