ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އިސްވެ ހުންނަވައިގެން މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަ ކުރަން ނިންމަވައިފިއެވެ.

އެދުވަސް ފާހަގަ ކުރުމަށްޓަކައި އުމަރުވަނީ ޖަލްސާއެއް ބާއްވަން ނިންމަވައިފައެވެ. އެ ޖަަލްސާާ ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ ތިން ވަނަދުވަހުގެ ރޭ 9:00 ގައެވެ. ޖަލްސާ އޮންނާނީ ސަލްޓަންްޕާކުގައި ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. މި ޖަލްސާގައި މައިގަނޑު ގޮތެއްގައި ވާހަކަ ދައްކަވާނީ ގައުމިއްޔަތާއި ގައުމިއްޔަތު ދިރުވައި އާލާކުރުމާ ބެހޭގޮތުންނެވެ. ޖަަލްސާގައި ވީހާވެސް ގިނަބަޔަކު ބައިިވެރިވުމަކީ އުމަރުގެ އެދުމެެކެވެ.

މިއީ އުމަރު އިސްވެ ހުންނަަވައިގެން ނަސްރުގެ ދުވަސް ފާހަގަކުރައްވާ ފަސް ވަނަ ފަހަރެވެ. އުމަރަކީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދާކުރާނޭ ކަަމަށް އިއުލާން ކުރައްވާފައިވާ ކެންޑިޑޭޓެކެވެ.