ފ. މަގޫދޫގައި އެއަރޕޯޓް އެޅުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސަރމި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް، ފާތުމަތު ޝާނާ ފާރޫޤެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ވެޗީފް އެގްޒެކެޓިވް އޮފިސަރ، އަދި މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމެވެ.

މި މަޝްރޫއުގެ އަގަކީ 54.231 މިލިއަން ރުފިޔާ އެވެ. މަސައްކަތް ނިންމަން ދީފައިވަނީ 550 ދުވަހެވެ.

އެެރަށުގެ އެއަރޕޯޓު އަޅާނީ އެމްޓީސީސީން މިހާރުވެެސް އެރަށުގައި ހިންގަމުންދާ ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން ހިއްކާ ސަރަހައްދެއްގައެވެ. އެރަށުގެ އާބާދީއަކީ 852 މީހުންނެވެ. އެ ކުންފުނިން މިހާރުވެސް އެރަށުގައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއެއް އެބަ ހިިންގައެވެ. އެގޮތުން އެ ރަށުގެ 1.22 ހެކްޓަރުގެ ބިމަށް އިތުރު 8.47 ހެކްޓަރުގެ ބިން އިތުރުކުރެވިގެންދާނެއެވެ. އިތުރުކުރެވޭ މި ބިމުގެ ސަބަބުން ފ. މަގޫދޫ ރައްޔިތުންނަށް އޮތް ބޯހިޔާވަހިކަމުގެ ދަތިކަމަށް ވެސް ހައްލު ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މަގޫދޫ އެއަރޕޯޓް މަޝްރޫޢުއާއިއެކު އެ އަތޮޅަށް ދިމާވެފައިވާ ދަތުރުފަތުރު ކުރުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. އެ އަތޮޅުގެ އާބާދީއަކީ 244,6 މީހުންނެވެ.

ކަނޑުމަގުން ފ. އަތޮޅުން މާލެއަށް ދަތުރުކުރުމަށް ލޯންޗެއްގައިވެސް 3ގަޑިއިރުގެ ހޭދަވެއެވެ. ކަނޑު ގަދަވެއްޖެނަމަ މިފަދަ ދިގު ދަތުރެއް ކުރުމަކީ ދަތި އުނދަގޫ ކަމެކެވެ. ފ. އަތޮޅުގައި އެއަރޕޯޓެއް ނެތުމުގެ ސަބަބުން އެ އަތޮޅުގެ ރައްޔިތުން ވައިގެމަގުން ދަތުރުފަތުރުކުރުމަށް ބޭނުންކުރަނީ ކައިރީގައި އޮންނަ އދ. މާމިގިލި ނުވަތަ ދ. ކުޑަހުވަދޫ އެއަރޕޯޓެވެ. އަތޮޅުން ބޭރުގައި އޮންނަ މި ދެ އެއަރޕޯޓު ން އަމިއްލަ ރަށަށް ގޮސް އައުމަށް ލޯންޗުފަހަރަށް ބޮޑެތި ހޭދަ އެ އަތޮޅުގެ ރައްޔިތުން ކުރަންޖެހެއެވެ.

ގެސްޓްހައުސް ވިޔަފާރިވެސް އެ ސަރަހައްދުގައި ރަނގަޅު ފެންވަރުގައި ކުރިޔަށްގެންދިޔުމަށް ބޭނުންވާ އެންމެ މުހިންމު ވަސީލަތަކީ އެއަރޕޯޓުކަމަށް އަތޮޅުގެ ގިނަ ރައްޔިތުން އެއްބަސްވެއެވެ. މީގެ އިތުރުން ފ. މަގޫދޫގައި ހިންގާ މެރިން ސައިންސްއަށް ހާއްސަ އިޓަލީވިލާތުގެ ޔުނިވަރސިޓީ، މިލާނޯ ބިކޯކާ ތަރައްޤީވެ މުހިއްމު ކުރިއެރުންތަކެއް އެ ޔުނިވަރސިޓީއަށްވެސް މި މަޝްރޫޢުގެ ސަބަބުން އަންނާނެކަމަށް ފ. މަގޫދޫ ކައުންސިލުން ދެކެއެވެ.

މަގޫދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢާއެކު، މުޅި ފާފު އަތޮޅުގައި ދިރިއުޅޭ ރައްޔިތުންނާއި ފ. އަތޮޅަށް އެކި އެކި ބޭނުންތަކަށް އަންނަ އެހެނިހެން ރައްޔިތުންނަށް އިޤްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ގަބޫލުކުރާ ކަމަށް އެމްޓީސީސީން ބުނެފައިވެެއެވެ.

މި މަޝްރޫޢުގެ ދަށުން:

  • 1500 މީޓަރުގެ ރަންވޭއެއް ހެދުން
  • އޭޕްރަން، ޓެކްސީވޭ، ފަޔަރ ޕެޑް ހެދުން
  • ސަރވިސް ރޯޑްގައި ތާރު އެޅުން
  • ޓަރމިނަލް ބިލްޑިންގްއެއް ޤާއިމުން
  • ފަޔަރ ބިލްޑިންގެއް އެޅުން
  • ފަޔަރ ޕޮންޑެއް އެޅުން
  • އަލިފާން ނިއްވާ ވަސީލަތް ޤާއިމުކުރުން
  • ސެކިއުރިޓީ ޕޯސްޓަކާއި ސެކިއުރިޓީ ވަސީލަތް ޤާއިމުކުރުން
  • ފެންސް ޖެހުން
  • އެއަރފީލްޑް ލައިޓިންގ ސިސްޓަމެއް ޤާއިމުކުރުން
  • ނެރު ބައްތި ހަރުކުރުން
  • މެޓް ވަސީލަތްތައް ޤާއިމްކުރުން
  • ގްރައުންޑް ހެންޑްލިންގ ވަސީލަތް ޤާއިމުކުރުން ހިމެނެއެވެ.