އިންޑިއާގެ ޑިފެންސް ކުންފުނި ސޯލާ ގްރޫޕުން ބުނީ އިންޑިއާއިން އުފައްދާ ޕިނާކާ ރޮކެޓްތަކަށް އަރްމީނިއާ އިން އޯޑަރުތަކެއް ލިބިފައިވާ ކަމަށެވެ. އިންޑިއާއިން ވަނީ ޕިނާކާ ރޮކެޓްގެ އަޕްގްރޭޑް ކޮށްފައިވާ ވަރޝަނެއް އުފައްދާފައެވެ. އިންޑިއާގެ ދިފާއީ އުފެއްދުންތައް އުފައްދައި ދިރާސާ ކުރާ ޑީއާރުޑީއޯއިން އުފައްދާފައިވާ މަލްޓި ބެރެލް ރޮކެޓް ލޯންޗާ ސިސްޓަމަށް ނައިޖީރިއާ އާއި އިންޑޮނޭޝިއާ އިން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.

ސޯލާ ގްރޫޕުން ބުނިގޮތުގައި އަރްމީނިއާގެ އޯޑަރު ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމައި ޑެލިވަރ ކުރަން ޖެހެއެވެ.

ގުޖުރާތުގެ ގާނދީނަގަރުގައި ބާއްވާ ޑިފެންސް އެކްސްޕޯ 2022 ގައި އިންޑިއާގެ ދިފާއީ އުފެއްދުންތައް ދައްކާފައި ވެއެވެ.

އަރްމީނިއާއިން އެގައުމުގެ ދިފާއު ވަރުގަދަ ކުރަމުން ދަނީ އަވަށްޓެރި އަޒަރުބައިޖާނާ ދެމެދު ދޭތެރޭން ހަމަނުޖެހުން އުފެދެމުން ދިއުމުންނެވެ.

އިންޑިއާއިން މީގެ ކުރިން ވަނީ އަރްމީނިއާއަށް ރޭޑާ ސިސްޓަމެއްވެސް ވިއްކާފައެވެ.