އިންޑިއާގައި ހަނޑުލާއި ގޮދަނުގެ އެކަށީގެންވާ ސްޓޮކެއް ހުރި ކަމަށާއި އަގުތައް ކޮންޓްރޯލް ކުރަން ބޭނުން ނަމަ އޯޕަން މާކެޓުގައި ސަރުކާރުން ކާޑުގެ ބާވަތްތައް ވިއްކާނެ ކަމަށް އިންޑިއާއިން ބުނެއެވެ.

ޔުކްރެއިންގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގައި ކާނާގެ އަގުތައް އުފެލެމުން ދިއުމާއެކު ގޮދަނާއި ހަނޑޫ އެކްސްޕޯޓް ކުރާ މައި ގައުމެއްކަމަށްވާ އިންޑިއާގައި ކާޑުގ އެކްސްޕޯޓްތައް އުޅޭ ގޮތުން މާކެޓަށް އަސަރުތަކެއް ކުރެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ފުޑް ސެކިއުރިޓީއާ ބެހޭ އިސް މަސްއޫލުވެރިއާ ވިދާޅުވީ އިންޑިއާގެ ސްޓޮކްގައި ފުދޭވަރަކަށް ގޮދަނާއި ހަނޑުލުގެ ސްޓޮކް ހުރި ކަމަށެވެ.

ޕާންޑޭ ވިދާޅުވީ ކާޑުގެ އަގުތައް މައްޗަށް ގޮސްފައިވަނީ ހަމައެކަނި އާދައިގެ ސްޕީޑެއްގައި ކަމަށެވެ. އިންޑިއާ އިން ވަނީ އެގައުމުގެ 1.4 ބިލިއަން މީހުންނަށް ސަޕްލައި ހޯދުމަށްޓަކައި އިންޑިއާން ބޭރުގައި ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކުން މަނާކޮށްފަ އެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން ކާޑުގެ ބާވަތއްތައް ބޭނުންކުރާ ގައުމު ކަމަށްވާ އިންޑިއާއިން ގޮދަނުގެ އެކްސްޕޯޓް އިތުރު ވެފައި ވަނީ ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުމުން ބްލެކް ސީގެ ސަރަހައްދުން ސަޕްލައިތަކަށް އަސަރުކޮށް، ދުނިޔޭގެ އަގުތައް މަތިވެފައެވެ.