އިންޑިއާގެ ޑިފެންސް އިންޑަސްޓްރީން އެފްރިކާގެ ދިފާއީ ބޭނުންތައް ފުއްދައި ދެވިދާނެ ކަމަށް އިންޑިއާގެ ޑިފެންސް މިނިސްޓަރ ރާޖުނާރު ސިންގ ވިދާޅުވެއެވެ. ގުޖުރާތުގެ ގާނދީނަގަރުގައި ބާއްވާފައިވާ އިންޑިއާގެ މިއަހަރުގެ ދިފާއީ މައުރަޒުގައި އެފްރިކާގެ ގިނަ ގައުމުތަކުން ބައިވެރިވެފައި ވެއެވެ.
ސިންގ ވިދާޅުވީ އެއްވެސް ގައުމަކުން އިންޑިއާއަށް ބާރޯސާ ކުރާފަދަ ސިޔާސަތެއް ގެންގުޅޭކަށް ނުވަތަ އިންޑިއާގެ ފަލަކުގައި އެނބުރޭ ގައުމަކަށް ވާކަށް އިންޑިއާއިން ބޭނުމެއް ނުވެއެވެ.
އިންޑިއާގެ ޑިފެންސް އެކްސްޕޯގެ ތެރޭން އިންޑިއާ-އެފްރިކާ ޑިފެންސް ޑައިލޮގް (އައިއޭޑީޑީ) ބާއްވާފައި ވެއެވެ. އިންޑިއާގެ ދިފާއީ ސާމާނާއި ޓެކްނޮލޮޖީތައް ހޯދުމަށް އެފްރިކާގެ ގައުމުތަކަށް ދައުވަތު ދެއްވަމުން، އިންޑިޔާއަކީ ފާއިތުވި އަހަރުތަކުގައި އެފްރިކާއަށް ޑިފެންސް އެކްސްޕޯޓަރެއްގެ ގޮތުގައި އިންޑިއާ ފާހަގަކޮށްލެވޭ ކަމުގައި އޭނާަ ވިދާޅުވިއެވެ.
ސިންގ ވިދާޅުވީ އިންޑިއާއިން މިހާރު ވަނީ ވަރުގަދަ ޕަބްލިކް އަދި ޕްރައިވެޓް ޑިފެންސް އިންޑަސްޓްރީއެއް އުފައްދާފައެވެ.
އިންޑިއާ އެފްރިކާ ޑައެލޮގަށްފަހު (އައިއޭޑީޑީ)ން ވަނީ "ގާންދީނަގަރު ޑިކްލެރޭޝަން"ގެ ގޮތުގައި ޑޮކިއުމެންޓެއް ފާސޮށްފަ އެވެ.
އެގޮތުން އެފްރިކާގެ ގައުމުތަކުގެ ސިފައިން އިންޑިއާގައި ތަމްރީން ކުރުމާއި އިންޑިއާގެ ތަމްރީން ޓީމުތައް އެފްރިކާގެ ގައުމުތަކުގައި ބޭތިއްބުމާއި ދެފަރާތް ގުޅިގެން ތަމްރީންތައް ބެއްވުމާއި ގުދުރަތީ ކާރިސާތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދެފަރާތުގެ މަސްލަހަތު ހުރި ދާއިރާތަކުން ތަމްރީނު ދިނުމަށް ފާސްކޮށްފައި ވެއެވެ.
އިންޑިއާއިން ބުނާ ގޮތުގައި އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ރައްކާތެރި ކަނޑުގެ މާޙައުލެއް ކަށަވަރުކުރުމުގައި އިންޑިއާއާއި އެފްރިކާގެ ޤައުމުތައް ގުޅިގެން މަސައްކަތް ކުރަންޖެހެއެވެ.