ޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރީއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމު ނ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ޕީޕީއެމުން ބުނެފިއެވެ.

އެމަނިކުފާނު ނ. އަތޮޅަށް ވަޑައިގަންނަވާނީ އަންނަ ހަފްތާގައި ކަމަށާއި އެހެނަސް އަދި ތާރީޚު ކަށަވަރުނުވާކަމަށް އެޕާޓީބް ބުންޏެވެ. އަދި އެމަނިކުފާނު ވަޑައިގަންނަވަނީ އެ އަތޮޅުގެ ކޮންރަށްތަކަށް ކަމެއް ވެސް އަދި ހާމަ ކޮށްފައެއް ނުވެއެވެ. ރައީސް ޔާމީން ވަނީ މިދިޔަ ހަފްތާގައި ހއ. ގެ ފަސް ރަށަކަށް ވަޑައިގެންފައެވެ. އެއީ ދިއްދޫ، އިހަވަންދޫ، ބާރަށް، ކެލާ، ތުރާކުނެވެ.

އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުތައް ރައީސް ޔާމީން ފަށްޓަވާފައި މިވަނީ އެމަނިކުފާނުގެ ޝަރީއަތެއް ކޯޓުގައި ވެސް ހިނގަމުން ދަނިކޮށްނެވެ. ޕީޕީއެމުން ވަނީ އަންނަ އަހަރުގެ ބާއްވާ ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ޓީކެޓު ރައީސް ޔާމީނަށް އަރުވަފައިފައެވެ. ޔާމީން ކުރައްވާ މިދަތުރުފުޅުތަކަކީ ރިޔާސީ އިންތިޚާބާ ދިމާކޮށް ރައްޔިތުންގެ ތާއިދު ހޯއްދެވުމަށް ކުރައްވާ ދަތުރުފުޅުތަކެވެ. އަދި ޕާޓީގެ މެމްބަރުންނާ ބައްދަލުކޮށް ޕާޓީގެ މެންބަރޝިޕް އިތުރު ކުރުމަކީ ވެސް މި ދަތުރުފުޅުތަކުގެ މަގުސަދެކެވެ.