މަގާމުގައި ހަ މަސް ދުވަސް ހުންނެވުމަށްފަހު އިނގިތރޭސިވިލާތުގެ ބޮޑު ވަޒީރު ލިޒް ޜްތަސް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އެކަމަނާ ވިދާޅުވީ އެކަން ޗާލްސް ރަސްގެފާނަށްވެސް ދަންނަވާފައިވާނެ ކަމަށެވެ.
ހަ ހަފްތާ ވަންދެން ބޮޑު ވަޒިރުކަން ކުރެއްވި ޓްރަސްއަކީ ޔޫކޭގެ ތާރީޚްގައި އެންމެ ކުރު މުއްދަތެއްގައި ވެރިކަން ކުރެއްވި ބޮޑު ވަޒީރެވެ،. އޭނާއަށް މަގާމަށް ވަޑައިގެންނެވުނީ ކުރީގެ މާލީ ވަޒީރު ރިޝީ ސޫނާކްއާ ދެކޮޅަށް ކޮންޒަރވެޓިވް ޕާޓީގެ އެތެރޭން މަގާމު ކާމިޔާބު ކުރެއްވުމުންނެވެ.
ޓްރަސް އިސްތިއުފާ ދެއްވީ އޭނާ އަމިއްލައަށް އިއުލާން ކުރެއްވި އިގްތިސާދީ އަދި ޓެކްސްގެ ސިޔާސަތު އިއުލާން ކުރެއްވިތާ ގިނަ ދުވަހެއް ނުވަނީސް އެއަށް ބަދަލު ގެންނަވައި އާންމުންނާއިި ޕާޓީގެ މެދުގައި އޭނާގެ މަގްބޫލުކަން ގެއްލުމުންނެވެ.
އަންނަ ހަފްތާގައި ޕާޓީން އައު ބޮޑު ވަޒީރެއް ހޮވާނެއެވެ. އެހާތަނަށް އެކަމަނާ މަގާމުގަައި ހުންނަވާނެއެވެ.
ޓްރަސްއަކީ ރާނީ އެލިޒަބަތު އައްޔަން ކުރެއްވި އެންމެ ފަހު ބޮޑު ވަަޒީރެވެ. އަދި ޔޫކޭގެ ތިން ވަނަ އަންހެން ބޮޑު ވަޒީރެވެ.