ލުބުންނާންގެ ޕާލަމެންޓްގައި ވޯޓްލައިގެން ތިންވަނަ ފަހަރަށްވެސް ރައީސުލްޖުމްހޫރިއްޔާ އަކު އިންތިޚާބެއް ނުކުރެވުނެވެ.

މި އިންތިޚާބުގައި ޕާލަމެންޓްގެ ތިންބައިކުޅަ ދެބައި ވޯޓް ހޯދަން ޖެހެއެވެ.

މިހާރުގެ ރައީސް މިޝޭލް ޢައުންގެ ރިއާސަތިގެ މުއްދަތު މަސް ނިމޭ ދުވަހު ހަމަވާނެއެވެ.

ތިން ބުރަށް ވޯޓްލައިގެންވެސް އައު ރައީސް ކަމަށް ކުރިމަތި ލެއްވި މާރޫނީ ނަސާރާއިންގެ ކެންޑިޑޭޓް މިޝޭލް ޢިވަޟްއަށް އަދި ވޯޓް ހަމަވާ ގޮތެއް ނުވެއެވެ.

ލުބުނާންގެ ސިޔާސީ ނިޒާމުގައި ރައީސަކަށް ހުންނަވާނީ މާރޫނީ ނަސޯރާއެކެވެ. އަދި ޕާލަމެންޓްގެ ރައީސަކަށް ޝިއާ މަޒުހަބުގެ މީހެކެވެ. އަދި ބޮޑު ވަޒީރަކަށް ސުންނީ މުސްލިމެކެވެ.

ކޮރަޕްޝަނާއި ސިޔާސީ ހަމަނުޖެހުމުގައި ލުބުނާން ވަނީ ސުންނާފަތިވެފައެވެ. ވެރިރަށް ބެއިރޫތަކީ ކުރިން މެޑިޓެރޭނިއަން ކަނޑުގެ ޕެރިސްކަމަށް ބުނެވުނު ސިޓީއެވެ.