ޗޮޮކްލެޓްގައި ހަތަރު ޕަސެންޓަށް ކުރަފީގެ މާއްދާތައް ހިމެނޭ ކަމަށް ބުނާ ވީޑިއޯއެއް އާންމު ވަމުން ދިއުމާއެކު އެވީޑިއޯގެ ސައްހަކަން އެމެރިކާގެ ފުޑްއެންޑް ޑްރަގް އޮތޯރިޓީން ބަލައިފިއެވެ. މީސްމީޑިއާގައި ދައުރު ކުރާ ވީޑީއޯގައި ބުނަނީ ޗޮކްލެޓްގައި ހަތަރު ޕަސންޓަށް ކުރަފި ކުނޑި ހިމނުމަށް އެ އިފދާރާއިން ހުއްދަ ކޮށްފައިވާ ކަމަށެވެ.

ވީޑިއޯގަައި ބުނަނީ ޗޮކްލެޓްގައި ބޭނުން ކުރާ ކޮކޯ މާއްދާ އުފައްދާ އިރު ދަނޑުތަކުގައި އުޅޭ ކުރަފީގެ ބައިތައް ކޮކޯގައި ހިމެނޭތީ އެންމެ ގިނަވެގެން ހަތަރު ޕަސެންޓަށް ވުރެން ކުރަފި ކުނޑި އިތުރު ނުވާގޮތަށް ހެދުމަށް އެފްޑީއޭއިން ހުއްދަ ދީފައިވާ ކަމަށެވެ.

އެފްޑީއޭން ބުނެފައި ވަނީ މިއީ ސަރާސަރު ބުހުތާން ދޮގު ވާހަކައެއް ކަމަށެވެ.