ރަޝިޔާ ރައީސް ޕޫޓިން ބެއްވެވި ސަލާމަތީ ކަންކަމާ ގުޅޭ ބައްދަލު ވުމެއްގައި ރަޝިޔާގެ ޑިފެންސް މިނިސްޓަރު ސަރްގޭ ޝޮއިގޫ ވަޑައިގެން ނެތް ކަމަށް ބުނެ ޔޯލަ ވާހަކަ ފަތުރާފައެވެ.

އެމެރިކާގެ ނިއުސްވީކް މަޖައްލާއިން ބުނީ ރަޝިޔާގެ ޑިފެންސް މިނިސްޓަރު ސަރްގޭ ޝޮއިގޫ ރަޝިޔާގެ ރައީސްއާ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ކަމަށާއި، އޭގެ ސަބަބުން އޭނާގެ މުސްތަގުބަލާ ބެހޭ ޝައްކު އުފެދޭ ކަމަށެވެ.

ކްރެމްލިންގެ މަސްއޫލުވެރިން ސާފުކޮށްދެއްވި ގޮތުގައި ރަޝިޔާގެ ޑިފެންސް މިނިސްޓަރު ސަރްގޭ ޝޮއިގޫ ޓީވީ ސްކްރީންގައި ފާހަގަ ނުކޔރެވުނީ ކަމަށެވެ. އަދި އެއީ ވީޑިއޯ ލިންކެއް މެދުވެރިކޮށް ބޭއްވި ރަޝިޔާގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ކަމަށެވެ.

އެ ބައްދަލުވުމުގައި ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ ޔޫކްރޭންގެ 4 ސަރަހައްދެއްގައި މާޝަލް ލޯ ހިންގާފައިވާ ކަމަށް އިއުލާން ކުރައްވާފައެވެ.

މޮސްކޯގައި ހުންނަ އިނގިރޭސި ފައިނޭންޝަލް ޓައިމްސް ނޫހުގެ ބިއުރޯ ޗީފް މެކްސް ސެޑަން ކުރެއްވި ޓްވީޓެއްގައި ވެސް ދިފާއީ ވަޒީރު ބައިވެރިވެ ވަޑައި ނުގަންނަވާކަން ފާހަގަ ކުރެއްވިއެވެ.

ބުދަ ދުވަހު، ޕޫޓިން ވަނީ ޑޮނެސްކް، ލުހަންސްކް، ޒަޕޮރީޒިއާ އަދި ޚެރްސަން ސަރަހައްދުތަކުގައި މާޝަލް ލޯ އިއުލާން ކުރައްވާފައެވެ.