އިންޑިއާގެ ޑިފެންސް އެކްސްޕޯޓް މިދިޔަ ފަސް އަހަރު ތެރޭގައި އަށް ގުނަ އިތުރުވެފައިވާއިރު މިއަހަރު އިތުރަށް ފަސް ބިލިއަން ޑޮލަރުގެ ހަތިޔާރު އެކްސްޕޯޓް ކުރުމަށް އިންޑިއާއިން އަމާޒު ހިފާފައިވާ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ ވިދާޅުވެއެވެ.
ގުޖުރާތުގެ ގާނދީނަގަރުގައި އޮތް ޑިފެންސް އެކްސްޕޯގައި ވާހަކަ ދައްކަވަމުން މޮދީ ވިދާޅުވީ އިންޑިއާއިން ދަނީ 75 އަށްވުރެ ގިނަ ޤައުމަށް ޑިފެންސް މެޓީރިއަލްސް އާއި އިކުއިޕްމަންޓް އެކްސްޕޯޓް ކުރަމުން ކަމަށެވެ. އިންޑިއާގއި ނިމިދިޔަ މާލީ އަހަރު ޑިފެންސް އެކްސްޕޯޓް 1.59 ބިލިއަން ޑޮލަރަށް އަރާފައި ވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އައު މާލީ އަހަރު 5 ބިލިއަން ޑޮލަރުގެ ހަތިޔާރު އެކްސްޕޯޓް ކުރުމުގެ އަމާޒު ހިފާފައިވާ ކަމުގައިވެސް ވިދާޅުވިއެވެ.
މޮދީ ވަނީ އިންޑިއާއިން އަމިއްލައަށް އުފެއްދި މަތިންދާބޯޓު އުފުލާ މަނަވަރާއި އިންޑިއާގެ އަމިއްލަ ލައިޓް ކޮމްބެޓް އެއަރކްރާފްޓަށް ތައުރީފް ކުރައްވާފައެވެ. އަދި އިންޑިއާއިން އުފެއްދި ފަރުބަދަ މަތީ ސަރަހައްދުތަކަށް ޚާއްސަ ހެލިކޮޕްޓަރުގެ ތާއީދުގައިވެސް އޭނާ ވާހަކަ ދެއްކެވިއެވެ.
އިންޑިއާ އިން ދަނީ ބޭރުގެ ފަރާތްތަކާ އިންޑިއާގެ ކުންފުނިތަކާ ގުޅިގެން ދިފާއީ އުފެއްދުމުގެ ޖޮއިންތް ވެންޗާތައް ހެދުމަށް ޔޫޕީ އާއި ޓެމިލްނާޑޫގައި ދެ ޑިފެންސް ކޯރިޑޯ އެޅުމަށް މަސައްކަތް ކުރަމުންނެވެ.
މޮދީ ވިދާޅުވިގޮތުގައި އިންޑިއާގެ ދިފާއީ ގާބިލުކަން އިތުރުކުރުމަށް ދެވަނަ އިންޑިއަން އޯޝަން ރީޖަން ޕްލަސް (އައިއޯއާރު+) ކޮންކްލޭވް އާއި އިންޑިއާ އެފްރިކާ ޑިފެންސް ޑައިލޮގް މިއަހަރު ބާއްވާނެއެވެ.
އިންޑިއާގެ ޑިފެންސް އެގްރިބިޝަންގައި އިންޑިއާ ޕެވިލިއަންގައި ހިންދުސްތާން އެރޮނޮޓިކްސް ލިމިޓެޑް (އެޗްއޭއެލް) އިން ފަރުމާކޮށްފައިވާ އެޗްޓީޓީ-40 އިންޑިޖެންސް ޓްރެއިނަރ މަތިންދާބޯޓު ދައްކާލުންވެސް އޮތެވެ. މިއީ ޒަމާނީ ނިޒާމުތަކާއި ޕައިލެޓުންނާ ރައްޓެހި ފީޗާސްތައް ހިމެނޭ ރޭގަނޑުގެ އުދުހުމަށް ކުލަދާކަނަ ކަންލިބިފައިވާ ބޯޓެކެވެ.
މި އެކްސްޕޯގައި އިންޑިއާގެ ޑިފެންސް އިންޑަސްޓްރީގެ 1،300 އަށް ވުރެ ގިނަ ފަރާތްތަކާއި ބޭރުގެ އޮރިޖިނަލް އިކުއިޕްމަންޓް އުފައްދާ ކުންފުނިތަކާއެކު ހަދާފައިވާ ބައެއް ޖޮއިންޓް ވެންޗާ ކުންފުނިތަކާއި މީޑިއަމް، ސްމޯލް އަދި މައިކްރޯ އެންޓަޕްރައިސަސް (އެމްއެސްއެމްއީ) އާއި އަދި 100 އަށް ވުރެ ގިނަ ސްޓާޓްއަޕް ހިމެނެ އެވެ.
އިންޑިއާއިން ބުނާ ގޮތުގައި ފުރަތަމަ ފަހަރަށް 400 އަށް ވުރެން ގިނަ ދިފާއީ އުފެއްދުމާ ގުޅޭ ފަހުމުނާމާތަކުގައި ސޮއިކުރެވިފައި ވެއެވެ.