އިނގިރޭސި ބޮޑު ވަޒީރު ލިޒް ޓްރަސް އިސްތިއުފާ ދެއްވުމާއެކު އިނގިރޭސިވިލާތުގެ ކުރީގެ މާލީ ވަޒީރު ރިޝީ ސުނާކްގެ ނަން ބޮޑު ވަޒީރުގެ މަގާމަށް އަލުން ކިޔަން ފަށައިފިއެވެ.
ޓްރަސްއާ ވާދަކުރައްވައިގެން ޕާޓީގެ އެތެރޭގެ އިންތިޚާބުން ބަލިވެވަޑައިގަތް ސުނާކްއަކީ ޓްރަސްގެ މަގްބޫލުކަން ދަށްވާން ފެށުމުން އެމަގާމަށް އެންމެ އެކަށީގެންވާ ފަރާތްކަމުގައި މީހުން ކިޔަމުން ދިޔަ ފަރާތެވެ.
ނަމަވެސް ކުރީގެ ބޮޑު ވަޒީރު ބޮރިން ޖޯންސަންގެ ގާތް ބޭފުޅުން ގެންދަވަނީ އޭނާ އަލުން މަގާމަށް ގެންނެވުމަށްވެސް މަސައްކަތް ކުރައްވަމުންނެވެ.
ކޮންޒަރވެޓިވް ޕާޓީގެ ތެރޭގައި އަނެއްކާވެސް ވާދަވެރިކަމެއް ވަނީ އުފެދިފައެވެ. މީގެ ކުރިން އިނގިރޭސިވިލާތުގެ ލީޑަޝިޕް މުބާރާތުގައި މިއަހަރު ވާދަކުރެއްވި ޕެނީ މޯޑައުންޓް ވެސް އަލުން ބޮޑު ވަޒީރުކަމަށް ވާދަކުރައްވާނެ ކަމަށް ބެލެވެއެވެ.