ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ 20 ވަނަ ކޮންގްރެސްއާއެކު ޗައިނާގެ ބޮޑު ވަޒީރަށް ވާނެ ގޮތާމެދު ސުއާލުތައް ވަނީ ގިނަވެފައެވެ.

ޗައިނާގެ ސްޓޭޓް ކައުންސިލްގެ ރައީސް، ބޮޑު ވަޒީރު ލީ ކެޝިއާންގ ވަނީ މީގެ ކުރިން ރިޓަޔަރ ވެވަޑައި ގަންނަވާނެ ކަމަށް އިއުލާން ކުރައްވާފައެވެ. އޭނާ ވަނީ ގާނޫނުއަސާސީގައި ބުނާ ގޮތަށް ފަސް އަހަރުގެ ދެ ދައުރު ފުރިހަމަ ކުރައްވާފައެވެ. އޭނާ މަގާމުން ރިޓަޔަރވެވަޑައި ގަންނެވުމާއެކު ސިޔާސީ މައިދާނުންވެސް ރިޓަޔަރ ވެވަޑައިގަންނަވާނެތޯ ނުވަތަ ނޫންތޯ އަދި ސާފެއް ނޫނެވެ.

ބޮޑު ވަޒީރު ލީ އަކީ މިނިވަން އިގްތިސާދަށް ތާއީދު ކުރައްވާ ބޭފުލެކެވެ. އޭނާއަކީ އިކޮނޮމިސްޓެކެވެ.

އޭނާގެ ސިޔާސަތުތަކުގައި ޗައިނާގެ އިޤްތިޞާދީ ތަރައްޤީ ކުރިއެރުވުމަށްޓަކައި ފުޅާ ދާއިރާއެއްގައި އިސްލާހުތަކެއް ގެނައުމުގެ ޕްލޭންތައް ހިމެނިފައި ވެއެވެ. ނަމަވެސް ރައީސް ޝީ އޭނާގެ ބާރު ކުޑަކުރެއްވި ކަމަށް ގިނަ ބަޔަކު ދެކެއެވެ.