ޕާކިސްތާންގެ ޕަންޖާބު ޕްރޮވިންސްގެ މުލްތާން ހޮސްޕިޓަލުގެ ފުރާޅުމަތިން ފެނުނު ގިނަ އަދަދެއްގެ ގަބުރުތަކުގެ ޑީއެންއޭ ހެދުމަށް ޕާކިސްތާންގެ ގާނުނު ހަދާ މަޖިލީހުގެ މެމްބަރުން ބޮޑު ވަޒީރަށް ބޮވާލައްވައިފިއެވެ. މި ގޮވާލުމުގައި އިސް ކޮށް ހަރަކާތްތެރިވާ މުއްތަހިދާ ގައުމީ މޫވްމަންޓް (އެމްކިޔުއެމް) އިން އެކަމަށް އެދުނީ ޕާކިސްތާންގެ ގަބީލާ ސަރަހައްދުތަކާއި ސިންދުގައި ގިނަ އަދެއްގެ މީހުން ނިޒާމުން ގެއްލިފައިވާތީ އެމީހުންގެ ގަބުރުތައް އޭގެ ތެރޭގައި ހިމެނޭތޯ ބަލާށެވެ.

ނިޝްތާރު ހޮސްޕިޓަލުގެ ފުރާޅު މަތިން ކުނިވެފައިވާ 200އެއްހައި ގަބުރު ފެނުމުން މުޅި ޕާކިސްތާންގައި އެކަމުގެ މާޔޫސްކަން ފެތުރިފައި ވެއެވެ. ހަސްފަތާލުގެ ފަރާތްތަކާއި ފުލުހުން ވަނީ އެއްބަޔަކު އަނެއް ބަޔަކަށް ބަދުނާމުކޮށް ތުހުމަތުތައް ބަދަލުކޮށްފައެވެ.