އިންޓަނޭޝަނަލް އިންސްޓިޓިއުޓް ފޯ ސްޓްރެޓެޖިކް ސްޓަޑީޒް (އައިއައިއެސް) އިން ދާދި ފަހުން އޮމާނުގައި އިންތިޒާމްކުރި ކޮންފަރެންސެއްގައި އިންޑިއާ އާއި ޕާކިސްތާނުގެ އިސް އޮފިޝަލުން ބައިވެރިވެފައިވާ ކަމަށް މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

ދެކުނު އޭޝިއާގެ ސަލާމަތީ ކޮންފަރެންސްގެ 15 ވަނަ އެޑިޝަންގައި ދެ ފަރާތުގެ މަސްއޫލުވެރިން ބައިވެރިވެފައި ވަނީ ކްލޯޒްޑޯ މީޓިންގއެއްގައެވެ. ނަމަވެސް އިންޑިއާއާއި ޕާކސްތާންގެ މަސްއޫލުވެރިންގެ މެދުގައި އެއްވެސް ބައްދަލުވުމެއް ބާއްވާފައި ނުވާކަމަށް މިބައްދަލުވުމާ ބެހޭ މައުލޫތު އެގޭ ފަރާތްތަކުން ބުނެއެވެ.

މި ބައްދަލު ވުން ބާއްވާފައި ވަނީ ސެޕްޓެމްބަރު 17ން18 ްއަށް އޮމާންގެ ވެރިރަށް މަސްކަތުގައެވެ.

މި ކޮންފަރެންސްގައި ޕާކިސްތާނާއި އަފްޣާނިސްތާނާއި އީރާނުގެ ފޮރިން މިނިސްޓްރީގެ އިސް މަސްއޫލުވެރިންގެ އިތުރުން ބޭރުގެ އިންޓެލިޖެންސާ ބެހޭ އޮފިޝަލުންވެސް ބައިވެރިވެ ވަޑަގެންނެވިކަމަށް ބެލެވެއެވެ.

މި ކޮންފަރެންސަކީ އިނގިރޭސިވިލާތުގައި ހުންނަ އައިއައިއެސްއެސް އިން ވޮޝިންޓަންގައި ހުންނަ އެމެރިކާގެ ނޭޝަނަލް ޑިފެންސް ޔުނިވާސިޓީގެ ނީއާ އީސްޓް ސައުތު އޭޝިއާ ސެންޓަރ (ނެސާ) އާ ގުޅިގެން އިންތިޒާމްކުރާ ދެކުނު އޭޝިއާ ސެކިއުރިޓީ ކޮންފަރެންސްއެވެ.

އިންޑިއާއިން މި ކޮންފަރެންސާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރަން ބޭނުމެއް ނުވެއެވެ.

އައިއައިއެސްއެސްގެ ވެބްސައިޓުގައި ބުނެފައިވަނީ ދެކުނު އަދި މެދުތެރޭ އޭޝިއާގެ ދިފާއީ، ސްޓްރެޓެޖީ އަދި ޑިޕްލޮމެސީ ޕްރޮގްރާމްގެ މަގުސަދަކީ "އިންޑިއާ-ޕާކިސްތާނުގެ ސުލްހައިގެ މަރުހަލާ އަލުން ފެށުމަށް އެހީތެރިވުމަށް އިންޑިއާ އާއި ޕާކިސްތާނުގެ ސަލާމަތީ ފަރާތްތަކާއި ސްޓްރެޓެޖިކް ކޮމިއުނިޓީތަކާ ދެމެދު ގުޅުން އާލާކުރުމަށް ހިތްވަރު ދިނުން" ކަމަށެވެ.

އަދި އިތުރަށް ބުނެފައިވަނީ ދެ ގައުމުގެ ގުޅުން 2019 ވަނަ އަހަރުން ފެށިގެން 20 އަހަރުގެ ތެރޭގައި ދަށަށް ނުދާ މިންވަރަށް ދަށަށް ގޮސްފައިވާ ކަމަށެވެ.