ޖަޕަނީޒް ގްރާންޓް އެއިޑް (ޖޭޑިއެސް) ފަރާތުން ދެވެހިރާއްޖެއަށް މާސްޓަރސް ޑިގްރީގެ 6 ސްކޮލަޝިޕްގެ ފުރުޞަތު ހުޅުވާލައި، ހަޔަ އެޑިޔުކޭޝަނުން އެ ފުރުޝަތުތަކަށް ހުށައެޅުމަށް އިއުލާނުކޮށްފިއެވެ.

މި ސްކޮލަޝިޕްތަކަށް ދަރިވަރުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރަށްވާނީ ސްކަލަޝިޕް ދެއްވާފަރާތުންނެވެ. އަދި މި ސްކޮލަޝިޕަށް ހޮވޭ ދަރިވަރުންގެ ކޯހުގެ ހުރިހާ ޚަރަދެއްވެސް ހަމަޖައްސަވައިދެއްވަނީ ސްކޮލަޝިޕް ދެއްވާފަރާތުން ކަމަށް ހަޔައެޑިޔުކޭޝަނުން މިނިސްޓްރީ އިން ބުނެއެވެ.

ޖޭޑީއެސް ސްކޮލަޝިޕްގެ ކޯސްތަކާބެހޭ މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީ ގޮތުގެ މަޢުލޫމާތު ޖޭޑިއެސް ސްކޮލަޝިޕް ވެބްސައިޓުން ލިބެން ހުނާނެކަމަށް ހަޔަ އެޑިުކޭޝަން މިނިސްޓްރީ އިން މަޢުލޫމާތު ދެއެވެ.

މި ފުރުޞަތުތަކަށް އޮންލައިން "އެޕްލިކޭޝަން" ހުށައެޅުމުގެ ސުންގަޑިއަކީ 13 ޑިސެންބަރު 2022 ވާ އަންގާރަ ދުވަހުގެ ި6:00 އެވެ.